ޖަޕަނީސް ކަލްޗަރަލް އެގްޒިބިޝަން 2017 އަވަށްޓެރި ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ނިންމައިފިއެވެ.
އެޤައުމުގައި ހުންނަ ޖަޕާން އެމްބަސީ އާއި ސްރީލަންކާ އިންސްޓިޓިއުޓް އޮފް ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމެންޓާއި ގުޅިގެން ކުރިއަށްގެންދާ މި އެގްޒިބިޝަން ބޭއްވުމަށް ނިންމާފައިވަނި މި ސެޕްޓެމްބަރ މަހުގެ 9 އަދި 10 ވަނަ ދުވަހުއެވެ.
މި އެގްޒިބިޝަންގައި ޖަޕާންގެ ޘަޤާފަތާއި އާދަކާދަ އަދި ތާރީޚު ދައްކުވައިދޭ ކުރެހުންތަކާއި ފޮޓޯތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކުދިތަންކޮޅުތަކުގައި ގަސްއިންދާ ހައްދާނެގޮތާއި އެ ޤައުމުގައި އުފައްދާ ސައިފަތުގެ ބާވަތްތަކުގެ ރަހަބަލާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ޖަޕާނާއި ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް ގަންނަންވެސް ލިބެން ހުންނާނެއެވެ.