އިންޑޮނޭސިއާ ރައްޔިތުން ދަގަނޑު ސޫކީ އާ ދެކޮޅަށް ނުކުމެ އެމްބަސީއަށް ބޮން އުކަންފެށުމުން ޚާރިޖީ ވަޒިރު މިޔަންމާއަށް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންޑޮނޭސިއާ ރައްޔިތުން ދަގަނޑު ސޫކީ އާ  ދެކޮޅަށް ނުކުމެ އެމްބަސީއަށް ބޮން އުކަންފެށުމުން ޚާރިޖީ ވަޒިރު މިޔަންމާއަށް-
މުސްލިމުންގެ އެންމެ ބޮޑު އާބާދީ އެއް އޮތް އިންޑޮނޭސިއާގެ ރައްޔިތުން ިޔަންމާގެ ދަގަނޑު ސަރުކަރާއި ދެކޮޅަށް ނުކުތުމުން ރޮހިންޔާ މުސްލިމުންނަށް ދަގަނޑު ސޫކީ ހިންގުވަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޚާރިޖީ ވަޒީރު މިޔަންމާއަށް ފޮނުވައިފިއެވެ.

އިންޑިނޭސިއާގެ ރައްޔިތުން ނުކުމެ އިންޑޮނޭސިއާގައި ހުރި މިޔަންމާގެ އެމްބަސީއަށް ޕެޓްރޯލް ބޮމުން ވަނީ އިއްޔެ ހަމަލާދީފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ވަނީ ބާރު ބޮޑުވެފައެވެ.

އިންޑޮނޭސިއާގެ ފުލުހުން ބުނީ ބޮމުގެ ސަބަބުން އަލިފާން ހިފީ ވަރަށް ކުޑަކޮށް ކަމަށެވެ. ނަމަވެސް އިންޑޮނޭސިއާގައި ތިބި 200 މިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ އަލިފާންގަނޑު ވަރަށް ބޮޑު ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން އިންޑޮނޭސިއާގައި ދަނީ ދަގަނޑު ސޫކީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރާތައް އިތުރުވެ ކޮންޓްރޯލްކުރަން އުނދަގޫވާ ހާލަތަށް ގޮސްފާނެކަމުގެ ބިރު އެބައޮތްކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން