ކުޅެން ގެންގުޅުނު ބޯލަ މަގުމައްޗަށް ދިއުމުން ބޯޅަ ބަލައި މަގުމައްޗަށް ނުކުތް އުމުރުން 8 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިިކަލަކުން ޖެހި ކުއްޖާ މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އިނޑިއާގެ އަރުނާކުލަން ޑިސްޓްރިކްޓްގައެވެ. އެކްސިޑެންޓްވުމުން ކުއްޖާ ހޮސްޕިޓަލަށް ގެންދިއަ ނަމަވެސް ފަރުވާދޭން ފެށިތަނާ ކުއްޖާ ވަނީ މަރުވެފައެވެ.
ދާދިފަހުން އަރުނާކުލަމްގައި ވަނީ މޭގައި ކުޑަކުއްޖަކު އެލުވައިގެން ކުއްޖާގެ މަންމަ ސައިކަލު ދުއްވަނިކޮށް މަގުމައްޗަށް ކުއްތާއެއް ނުކުތުމުން އެކްސިޑެންޓްވެ ކުއްޖާގެ މަންމަ މަރުވެފައެވެ.
ރާއްޖެއަށް ބަލައިފިނަމަ މަގުތަކަށް ކުއްތާއެއް ނުނުކުމެއެވެ. ނަމަވެސް ބުޅާ ނުކުތުމުން ދަނީ ނުރައްކާތެރި ހާލަތުތައް ކުރިމަތިވަމުންނެވެ.