ޕްރިންސް ވިލިއަމް އާއި ކޭޓް އަށް ތިންވަނަ ދަރިއެއް ލިބެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ޕްރިންސް ވިލިއަމް އާއި ކޭޓް އަށް ތިންވަނަ ދަރިއެއް ލިބެނީ
އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަބަލުން ކެތެރިން (ކޭޓް) އަށް ތިންވަނަ ދަރިއެއް ލިބެން އުޅޭ ކަމުގެ ޚަބަރު ދާދި ދެންމައަކު ލިބިއްޖެއެވެ.





މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، ޕްރިންސް ވިލިއަމް އާއި ކޭޓް އަދި އިނގިރޭސި ރާނީ އެލިޒަބެތު ގެއިތުރުން މުޅި ޝާހީ އާއިލާ ތިބީ މިޚަބަރާއި މެދު ވަރަށް އުފާވެފައެވެ. އަދި އާއިލާއަށް އަލަށް އަންނަން އުޅޭ އަމީރު ނުވަތަ އަމީރާގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބި ކަމަށް ޝާހީ އާއިލާއިން ވިދާޅުވެފައިވާ ކަމަށް ވެސް އެރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެރިޕޯޓުތަކުން ބުނެފައިވަނީ އުމުރުން 35 އަހަރުގެ ކޭޓްއަށް، ކުރިން ދެފަހަރު ބަލިވެއިން އިރުވެސް 'ހައިޕަރއިމެސިސް ގްރެވިޑޭރަމް' ޖެހިފައިވާތީ، މިފަހަރުވެސް އެކަމާއި ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އަދި މިވަގުތު ކެންސިންގޓަން ޕެލެސްގައި އެކަމަނާއަށް ޚާއްސަ ފަރުވާ ދެއްވަމުން ގެންދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކުރިން ދެފަހަރުވެސް، ކޭޓް ބަލިވެއިންކަން އާއްމުންނާއި ހިއްސާ ކޮށްފައިވަނީ ބަނޑަށް 12 ހަފްތާ ފުރުމަށް ފަހުއެވެ. ނަމަވެސް މިފަހަރު ތަންކޮޅެއް ކުރިން އެޚަބަރު ހިއްސާކޮށްފައިވަނީ، ހޯންސޭ ރޯޑް ޗިލްޑްރެންސް ސެންޓަރ އަށް އެކަމަނާ ޒިޔާރަތް ކުރައްވަން ނިންމަވާފައިވާ ދަތުރު ކުއްލިގޮތަކަށް ކެންސަލް ކޮށްލަން ޖެހުމުން އެކަމުގެ ސަބަބު ބަޔާން ކޮށްދެމުންނެވެ.

ހައިޕަރއިމެސިސް ގްރެވިޑޭރަމް އަކީ ކޮންމެ 200 އަންހެނުންގެ ތެރެއިން އެކަކަށް ޖެހޭ ބައްޔެކެވެ. މިބަލި ހުންނަ އަންހެނުން މާބަނޑުވުމުން، އެހެން މީހުންނަށް ބުރެ ބޮޑަށް ހޮޑުލާ، މޭނުބައި ކުރާނެއެވެ. އަދި ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވުމާއި ވެސް ކުރިމަތިވާނެއެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް އަށް މިހާރު ލިބިފައިވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އެއީ އުމުރުން ހަތަރު އަހަރުގެ ޕްރިންސް ޖޯޖް އާއި އުމުރުން ދެއަހަރުގެ ޕްރިންސެސް ޗާލޮޓް އެވެ.

އިނގިރޭސި ޝާހީ އާއިލާއަށް ނަފުރަތުކުރާ އިނގިރޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެއީ ޝަހީ އާއިލާއަށް ދައުލަތުން ކުރަންޖެހޭ ހޭދަތައް ނުބައްދަލު އަދަދަކަށް އިތުރުވެފައިވުމުންނެވެ. ފަޤީރުންގެ ފަޤީރުކަން އިތުރުވަމުންދާތީއެވެ.

މިއަދު އޮންލައިން