ރޮހިންޔާގެ މުސްލިމުންނަށް އދ އިން ފޮނުވި އެހީގެތަކެތި ބަހަން ދަގަނޑު ސޫކީ ހުރަސްއެޅުމުން އދ ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ރޮހިންޔާގެ މުސްލިމުންނަށް އދ އިން ފޮނުވި އެހީގެތަކެތި ބަހަން ދަގަނޑު ސޫކީ ހުރަސްއެޅުމުން އދ ކަންބޮޑުވޭ!
ރޮހިންޔާ މުސްލިމުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އެހީ އދ އިން ފޮނުވުމުން އެތަކެތި ބަހަން މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކި ހުރަސް އަޅަމުން ގެންދާތީ ކަންބޮޑުވާ ކަމަށް އދ އިން ބުނެފިއެވެ.

އދގެ މަންދޫބު ބުނީ ތަކެތި ބެހެން ދަގަނަޑު ސޫކީގެ ސަރުކާރުން ވަނީ ހުއްޓުވާފައި ކަމަށާއި ބެހުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ހުއްދަ ލިބިގެން ކަމަށެވެ.

"ސަރުކާރުން ބަންދުކޮށް ހިފަހައްޓަމުން ގެންދާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ސަރުކާރަކުން ނުދިން. އެސަރަހައްދަށް ނުވަދެވި ތަކެތި ބެހޭނެ ގޮތެއް ނެތް. މިއީ މިޔަންމާ ސަރުކާރުން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް." ކަމަށް އދގެ ރެޒިޑެންޓް ކޯޑިނޭޓަރު ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ މީޑިއާތަކުގެ ފާޑުކިޔުންތައް ދަގަނޑު ސޫކީއަށް އަމާޒުވެފައިވީ ނަމަވެސް ދަގަނޑު ސޫކީގެ ބޯ ލަންބުވަން ބާރު ގަދަ ޤައުމުތަކުން އަދިވެސް ސަމާލުކަމެއް ނުދެއެވެ.
މިއަދު އޮންލައިން