މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ އަކީ އަންހެން ހިޓްލަރު ކަމަށް ބުނެ އޭނާއަށް ދީފައިވާ ނޯބަލް ޕްރައިޒް އަނބުރާ ދިނުމަށް ގިނަ ބައަކު ގޮވާލަމުން އެބަ ގެންދެއެވެ. އަނެއް ބައަކު ބުނަމުން ގެންދަނީ ނޯބަލް ޕްރައިޒް އަތުލުމަކީ ދިން ފަރާތަށް މިއަދު މަޖުބޫރު ކަމެއް ކަމަށެވެ.
ގިނަ ބައަކު ދަގަނޑު ސޫކީ ސިފަކުރަނީ ދުނިޔެ ދެކެފައިވާ އެންމެ އަނިޔާވެރި އަންހެނާގެ ގޮތުގައެވެ. ދަގަނޑު ސޫކީ، ރޮހިންޔާ މުސްލިމުން މަރައި ހުސްކުރަމުން ގެންދަނީ ހިޓްލަރު ޔަހޫދީން މަރައި ހުސްކުރަމުން ގެންދިއަ ގޮތަށް ކަމަށެވެ. ދެމީހުންގެ އަމަލުތައް އެއްގޮތް ކަމަށެވެ.
ރޮހިންޔާގެ އެތައް ސަތޭކަ މުސްލިމުން ދާދި ފަހުން ދެއްކި ބަހަނާކަމަށްވާ ފުލުހުންގެ ޗެކް ޕޯސްޓްތަކަށް ހަމަލާދިނުމުގެ އަމަލުތަކަކީ ދަގަނޑު ސޫކީ އަޑީގައި ހުރެގެން ހިންގުވި އަމަލުތަކެއް ކަމަށް މިހާރު ވަނީ ބެލެވިފައެވެ.