ޖަމްރާއަށް ހިލައުކާއިރު ސެލްފީއަށް ސަމާލުކަންދޭތީ ގިނަ ބައަކު ރުޅިގަދަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޖަމްރާއަށް ހިލައުކާއިރު ސެލްފީއަށް ސަމާލުކަންދޭތީ ގިނަ ބައަކު ރުޅިގަދަވެއްޖެ
ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ ޖަމްރާއަށް ހިލަ އުކާއިރުވެސް ސެލްފީއަށް ސަމާލުކަން ދީގެން ހިލަ އުކާ ފޮޓޯއެއް ހާމަވުމުން ގިނަ ބައަކު ރުޅިގަދަވެއްޖެއެވެ.

ގިނަ ބައަކު ބުނެފައިވަނީ ދީނީ އަޅުކަމުގެ ތެރެއިން ސޯޝަލް މީޑިއާއަށް ނުވަތަ ސެލްފީ ނެގުމަށް ސަމާލުކަން ދޭނަމަ އަދާކުރާ އަޅުކަމުގެ ރޫޙާނީ ބައި ނެތިގެންދާނެ ކަމަށެވެ. ހިލަ އުކާއިރު ތިމާގެ ސަމާލުކަން ހުންނަންޖެހޭނީ އެ އަލުކަމަށް ކަމަށެވެ.

"މާތްﷲ ބައްލަވައި ވޮޑިގެންވަނީ އެއްލާ ގާބުރިއަކަށް ނޫން. މީހާގެ ހިތަށް. ހިތުގައި ފޯނަށް މަންޒަރުނެގުން- އަތުގައި ގައުބުރި އޮތީމާ އަޅުކަން ފުރިހަމައެއް ނުކުރެވޭނެ." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ބައެއް މީހުން ބުނެފައިވަނީ ޢާއިލާއަށް ދައްކައިލަން ކޮންމެހެން ބޭނުންނަމަ މަންޒަރު ވީޑިއޯކޮށްލުން ނުވަތަ ފޮޓޯ ނެގުން ފަދަ ކަންކަން ކުރަންޖެހޭނީ އަޅުކަން ނިންމައިގެން ހުރި އިތުރު މީހަކު ލައްވައި ކަމަށެވެ.

މިފަދަ ފޮޓޯއެއް ހާމަވުމަކީ އެކަމަށް ކޮންމެހެން ނަފުރަތުކުރަންޖެހޭ ކަމެއްވެސް ނޫނެވެ. އޭނާ އެކަން އެގޮތަށް އެކުރަނީ އުކަން ވާޖިބު ހިލަ އުކައި ނިންމުމަށްފަހު ހަމައެކަނި ފޮޓޯއެއް ނެގުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ.

ކަށަވަރުކުރަންޖެހޭނެ ކަމަކީ އަޅުކަމުގެ ވަގުތުތަކުގައި ހިތް ނިޔަތް މާތް ﷲ އަށް ޚާލިޞްކުރުމެވެ. ތިމާކުރާ އަޅުކަން މާތް ﷲ ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރުންމަތީގައި ހުރެގެން އަޅުކަންކުރުމެވެ.
މިއަދު އޮންލައިން