ޗައިނާގައި މިހާރު ކުރިއަށްދާ ބްރިކްސް ބިޒްނެސް ފޯރަމްގައި އެ ޤައުމުތަކުގެ އިސްވެރިން ވަރަށް މުހިންމު އެއްބަސްވުމެއްވެއްޖެއެވެ.
ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތް އެފްރިކާ ގުޅިގެން އުފައްދާފައިވާ (BRICS) ގައި އެ ޤައުމުތަކުގެ އިސްވެރިންވަނީ އެ ޤައުމުތަކުގެ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، އިޤްތިޞާދު ކުރިއެރުވުމަށް އެއްބަސްވެފައެވެ.
އެ ޤައުމުތަކުގެ އިސްވެރިން ބުނެފައިވަނީ އެ ފޯރަމް އުފެއްދި މަޤުޞަދު ވަރަށްރަނގަޅަށް ހާސިލުވަމުން އަންނަ ކަމަށާއި އަދި ކުރިއަށްއޮތް ތާނގައި އެ ޤައުމުތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ވަރަށްބޮޑު ކުރިއެރުން ލިބޭނެ ކަމަށެވެ.
ޗައިނާގެ ފިޖިއަން ޕްރޮވިންސްގެ ޒިއަމެން ރިސޯޓުގައި މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމުގައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ އެންމެ އިސްވެރިން އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.