އޮކްސިޖެން މަދުވުމުން ފާރޫކްއާބާދް ހޮސްޕިޓަލުގައި 49 ތުއްތުކުދިން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
އޮކްސިޖެން މަދުވުމުން ފާރޫކްއާބާދް ހޮސްޕިޓަލުގައި 49 ތުއްތުކުދިން މަރުވެއްޖެ
އިންޑިއާގެ އުއްތަރް ޕްރަދޭޝް ގައި ހުންނަ ފާރޫކްއާބާދް ހޮސްޕިޓަލުން އޮކްސިޖެން މަދުވުމުގެ ސަބަބުން 49 ކުޑަކުދިން މަރުވެއްޖެއެވެ.

ސީއެންއެން ނިއުސް-18 އިން މަޢުލޫމާތު ދީފައިވާ ގޮތުގައި އިންޑިއާގެ މިސަރުކާރު ހޮސްޕިޓަލުގެ އިސް އޮފިޝަލުންނާއި ދެކޮޅަށް މިހާރު ވަނީ ރިޕޯޓުވެސް ކޮށްފައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، އޮކްސިޖެން ނުލިބިގެން ފާރޫކްއާބާދު ހޮސްޕިޓަލުގައި އަލަށް އުފަންވި 30 ތުއްތު ކުދިން މަރުވެފައިވާ އިރު، އުފަންވިތާ ކުޑައިރުކޮޅެއް ފަހުން 19 ތުއްތުކުދިން ވަނީ މަރުވެފައެވެ.

މިމައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް ފޮނުވި 19 ނޯޓިިސް އަކަށް އިޖާބަ ނުދިނުމުން، ޑިސްތްރިކްޓް މެޖިސްޓްރޭޓް ރަވިންދްރަ ކުމާރް ވަނީ އެކަން ތަޙުޤީޤު ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ.

ނަމަވެސް މިމައްސަލައާއި ގުޅޭގޮތުން ފާރޫކްއާބާދް ހޮސްޕިޓަލުގެ 'ސިކް ނިއުލީ-ބޯން ކެއާރ ޔުނިޓް (އެސްއެންސީޔޫ)' ގެ އިންޗާޖް، ޑރ. ކައިލާޝް ކުމާރް ބުނެފައިވަނީ އެކުދިން މަރުވީ އެކިއެކި ސަބަބުތަކާއި ހެދި ކަމަށާއި އޭގެ ތެރޭގައި މައިމީހާ ޅައުމުރުގައި ދަރިމައިވުމާއި އެހެނިހެން ކަންކަން ހިމެނޭ ކަމަށެވެ.

މިއަދު އޮންލައިން