ދަގަނޑު ސޫކީ ރަހީނުކޮށްފައިވާ 30،000 އަށްވުރ ގިނަ ރޮހިންޔާ މުސްލިމުން ބަނޑަށް މަރުވަނީ- ދުނިޔެ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދަގަނޑު ސޫކީ ރަހީނުކޮށްފައިވާ 30،000 އަށްވުރ ގިނަ ރޮހިންޔާ މުސްލިމުން ބަނޑަށް މަރުވަނީ- ދުނިޔެ ކޮބާ؟
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ ރަހީނުކޮށް ހިފަހައްޓަމުން ގެންދާ 30،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ކާނެ އެއްޗެއް ނުލިބި ބަނޑަށް މަރުވަމުން ދަނީއެވެ.

ދުނިޔެއަށް ލަދަށް ނަމަވެސް އދ އިން ފޮނުވި ކާއެތިކޮޅުވެސް ދަގަނޑު ސޫކީ ވަނީ ހިފަހައްޓައިފައެވެ. އެ ސަރަހައްދަށް ވަދެވޭނެ ގޮތެއް ނުދައްކައެވެ. ދަގނަޑު ސޫކީގެ އަނިޔާވެރިކަން ދުނިޔެއަށް ފޮރުވުމަށެވެ. މިހާލަތަށް ކަންތައްތައް ގެންދިއުމުންވެސް އދ އަށާއި ދުނިޔެއަށް ކުރެވޭ ހަމަ އެއްވެސް ކަމެއް އަދިވެސް ނުފެނެއެވެ.

އދ އިން މިހާރު އެއްބަސްވާ ގޮތުގައި މިފަހަރުގެ ޤަތުލު ޢާންމުތަކާއި ގުޅިގެން ބަންގްލަދޭޝްއަށް ދިއަ ރޮހިންޔާ މުސްލިމުންގެ އަދަދު މިހާރުވެސް ވަނީ 87،000 އަށް އަރައިފައެވެ. ބަންގްލަދޭޝްއަށް ނުވަދެވި ބޯޑަރު ސަރަހައްދުގައި މިހާރުވެސް 20،000 މީހުން ތާށިވެފައި އެބަތިބި ކަމަށްވެސް އދ އިން ބުނެއެވެ.

ބަންގްލަދޭޝް އިން މިހާރު ގެންދަނީ ރިފިޔުޖީން އެތެރެވުމަށް ހުރަސް އަޅަމުންނެވެ. ބޯޑަރު ސަރަހައްދުގައި ރިފުޔުޖީންގެ ގޮތުގައި ތިބި މީހުންނަށް އެއްވެސް ބޯހިޔާވަހިކަމެއް ނެތެވެ. މޫސުމީ ވިއްސާރައިގައި ދަނީ ވަރޭ ވެހެމުންނެވެ.
މިއަދު އޮންލައިން