މުސްލިމް އާބާދީއެއް ކަތިލައި، ދިރިތިއްބާ އަންދާ ހުސްކުރާއިރު ޑރ. ޝަހީދު ހަނު ހުންނާތީ ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މުސްލިމް އާބާދީއެއް ކަތިލައި، ދިރިތިއްބާ އަންދާ ހުސްކުރާއިރު ޑރ. ޝަހީދު ހަނު ހުންނާތީ ގިނަ ބައަކު ކަންބޮޑުވޭ!
މުސްލިމް އަބާދީއެއް ކަތިލައި ދިރިތިއްބާ އަންދައި ހުސްކުރަމުން ގެންދާއިރު އެއްވެސް ބަސްފުޅެއް ވިދާޅުވެ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު، މިހާރު އދގެ އިންސާނީ ހައްޤުތަކާއިބެހޭ ސްޕެޝަލް ރެޕްޗުއަރ ޑރ. އަހްމަދު ޝަހީދު ހަނު ހުންނަވާތީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ދިވެހިންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ސުވާލުތައް ކުރަމުންނެވެ. ދީނީ މިނިވަންކަމަށާއި އިންސަނީ ހައްޤުތަކަށް ވަކާލާތު ކުރައްވާ ޑރ. ޝަހީދު ބަސްފުލެއް ވިޑާޅުނުވެ ހަނު ހުންނަވަނީ ކީއްވެގެންތޯ ގެންދަނީ ސުވާލުކުރަމުންނެވެ.

މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ، ރޮހިންޔާ މުސްލިމުން މަރައި ހުސްކުރަމުން ގެންދަނީ އދގެ އެއްބާރުލުން ލިބިގެން ކަމަށް ގިނަ ބައަކު މިހާރު ޤަބޫލުކުރެއެވެ.

ގިނަ ބައަކު ބުނަނީ މާ އާދައިގެ ކަންކަމުގައި އދ އިން ކުއްލި ބައްދަލުވުންތައް ބާއްވައި ފިޔަވަޅުތައް އަޅާފައި އެބަހުރި ކަމަށާއި ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާގެ މައްސަލަތައް އދ ގެ ރާޑަރަށް އަރަނީ ހަމަ ނަމަކަށް ކަމަށެވެ.
މިއަދު އޮންލައިން