ރޮހިންޔާ މުސްލިމުން ދިރިތިއްބާ އަންދާ އަޅިއަށްހަދަމުން އަންނަ އިރުވެސް ޝެއިޚް ހަސީނާ ބުނަނީ ބަރާބަރުކަމަށް...

ކިޔުމަށް ހޭދަވާނީ 1މ 29ސ
ރޮހިންޔާ މުސްލިމުން ދިރިތިއްބާ އަންދާ އަޅިއަށްހަދަމުން އަންނަ އިރުވެސް ޝެއިޚް ހަސީނާ ބުނަނީ ބަރާބަރުކަމަށް...
ރޮހިންޔާ މުސްލިމުންނަށް އެހީވުމަކީ ބަންގްލަދޭޝްގެ ކަމެއްނޫންކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެކަމާއި ވާހަކަދައްކަންޖެހޭނީ މިޔަންމާގެ ސަރުކާރާކަމަށެވެ. ބަންގްލަދޭޝްގެ ސަރުކާރާނޫން ކަމަށެވެ. އަދި ބަންގްލަދޭޝްއަކީ މިހާރުވެސް އާބާދީބޮޑު ޤައުމެއް ކަމަށާއި އެހެންކަމުން އިތުރުބަޔަކަށް އެޤައުމުގައި ވަޒަންވެރިވުމަށް ނުވަތަ އިތުރަށް އައުމަށް ފުރުޞަތު ނެތް ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ހަސީނާ ވިދާޅުވީ ރޮހިންޔާގެ މުސްލިމުންގެ ތެރެއިން އެޤައުމަށް މިހާރު އެތެރެވެފައިވާ މީހުންނާމެދު ކަންތައްކޮށްފައިވާނީ އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ކާނާއާއި ބޭސްފަދަތަކެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"މިހާރު އެމީހުންނަށްވާނީ އަސާސީބޭނުންތަކަށް ތަކެތިފޯރުކޮށްދީފަ. އެމީހުންޖެހޭނީ އެނބުރި އެމީހުންގެ ޤައުމަށް (މިޔަންމާ) ދާން. އެމީހުންނަކަށް ނުތިބެވޭނެ މިޤައުމަކު. އެމީހުންގެ ޤައުމަކީ މިޔަންމާ. މިޔަންމާއިން ޒިންމާވާންޖެހޭނެ. އަދި އެޤައުމުން އެމީހުންނާ ހަވާލުވާނެ" ޝެއިޚް ހަސީނާ ވިދާޅުވިއެވެ.

ޝެއިޚް ހަސީނާ އިތުރަށް ވިދާޅުވީ މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާދޭތެރޭ ކަންތައް ކުރަމުންދާގޮތް އޭނާއަށް ރަނގަޅު ކަމަށާއި ރޮހިންޔާ މުސްލިމުންނަށް ބޭނުންވާ ހުރިހާކަމެއް ކޮށްދޭ ކަމަށެވެ.

ޝެއިޚް ހަސީނާ މިހެން ވިދާޅުވަމުންދާ އިރު، މިޔަންމާގެ ހަރުކަށި ދަގަނޑު ސޫކީ އަންނަނީ އެ ޤައުމުގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރޮހިންޔާ މުސްލިމުން ދިރިތިއްބާ އަންދާ އަޅިއަށް ހަދާ، އަންހެންކުދިންގެ ޢިއްފަތްތެރިކަން ނަގާލާ، ގެދޮރުގައި ހުޅުޖަހާ ހަދަމުން އަންނަ އިރުވެސް ޝެއިޚް ހަސީނާ ބުނަމުން އަންނަނީ ބަރާބަރު ކަމަށެވެ. މިއީ ކޮންކަހަލަ ބަރާބަރެއްބާ!؟..
މިއަދު އޮންލައިން