އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭ ދަންވަރު އިންޑިއާގެ ޖައިޕޫރުގެ ކޯރަކަށް ފުންމާލައިފިއެވެ. މަންޒަރު ފެނުނު ފުލުހުން ވަރަށް މަސައްކަތްކޮށްގެން ކުއްޖާ ކޯރުން ނަގަން އުޅުމުގެތެރޭގައި ބަނޑު ފެނުނުއިރު ބަނޑުގައި ވަނީ ބްލޫ ވޭލް ކަނޑާނަގައިފައެވެ.
އެކުއްޖާ ފުލުހުންނަށް އާދޭސްކުރަމުން ގެންދިއައީ ކޯރަށް ފުންމާލަން ދޫކޮށްލުމަށެވެ. އެކަން ނުކޮށްފިނަމަ އެނާގެ މަންމަ މަރުވާނެކަމަށް ގޭމުގައި ބުނާތީ ކޮންމެ ގޮތަކުން ނަމަވެސް މަންމަ މަރުން ސަލާމަތްކުރަން ބޭނުން ކަމަށް ބުނެ ކުއްޖާ ވަނީ ފުލުހުންނަށް އާދޭސްކޮށްފައެވެ.
ކުއްޖާ ކޯރަށް ފުންމާލަން އުޅުނުތަން ފެނިގެން ދެ ފިރިހެނަކު ވަނީ އެނާ ގާތަށް ގޮސް އެކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ. އެމީހުންނާއި މުޚާޠަބްކޮށް ކުއްޖާ ބުނެފައިވަނީ އެނާ ކޯރަށް ފުންމާނުލައިފި ނަމަ މަންމަ މަރުވާނެ ކަމަށެވެ. އެމީހުން ދިއައީ މަންމަ މަރުނުވާނެ ކަމަށައި މަންމަ ދެރަވެގެން މަރުވާނީ ކޯރަށް ދަރިފުޅު ފުންމާލައިގެން މަރުވުމުން ކަމަށްބުނެ ނަސޭޙަތްދެމުންނެވެ. އެވަގުތު ފުރުޞަތަކަށް ބަލަންހުރެފައި ކޯރަށް ފުންމައިލީއެވެ.
އަންހެން ކުއްޖާއަކީ ބޯޑަރު ބަލަހައްޓާ ސިފައިންގެ މީހެއްގެ ދަރިއެކެވެ. އިރާކޮޅު ގެއިން ނުކުތީ ކައިރީ މާރުކޭޓަކަށް ގޮސްލުމަށް ކަމަށް ބުނެ އޭނާ ދުއްވާ ކުޑަ ސްކޫޓަރެއްގައެވެ.
މިގޭމުގެ ސަބަބުން އިންޑިއާގައި މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ކުދިން މަރުވެފައެވެ.