ދަނބިދަރިފުޅު ބަސް ނުއަހާތީ ތަޅާލަން އިންޑިއާގެ ދެމަފިރިއަކު އިންޑިއާއިން އެމެރިކާއަށް ގޮސް ދަނބިދަރިގައިގާ ތަޅައިލުމުން ފިރިމީހާ އާއި 3 މީހުން ހައްޔަރުކޮށްފިއެވެ.
އަނބިމީހާ (ސިލްކީ) ހައްޔަރުކޮށް އަނިޔާކުރަމުން ގެންދާ ކަމަށާއި އެކަމުގެ ސަބަބުން 1 އަހަރުގެ ދަރިފުޅަށް ވެސް މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށް ބުނެ އަނިޔާލިބެމުންދިޔަ ސިލްކީ އޭނާގެ މައިން ބަފައިންނަށް ފޯނުކުރިއެވެ.
އެކަމާއި ގުޅިގެން ސިލްކީގެ މައިންބަފައިން އެ މައްސަލަ އެމެރިކާގެ މާޝަލުންނަށް ރިޕޯޓްކުރިއެވެ. ރިޕޯޓާއި ގުޅިގެން ސިއްރު ފުލުހުން އެގެއަށް ދިއައިރު ދޮރުހުރީ ތަޅުލައިފައެވެ. އަނިޔާ ލިބެމުން އަންނަ ސިލްކީގެ ރުއިމުގެ އަޑު ބޭރަށް އިވެއެވެ.
ތަޅަށް ބަޑިޖެހުމަށްފަހު ފުލުހުން ގޭތެރެއަށް ވަންއިރުވެސް 3 މައިންވެގެން ގެންދިއައީ ސިލްކީއަށް އަނިޔާކުރަމުންނެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ހެކި ހޯދުމަކީ އުނދަގޫކަމަކަށް ނުވިއެވެ. ފުލުހުން ވަންއިރުވެސް ސިލްކީގެ ގައިގެތަންތަނުން ލޭ އޮހޮރެއެވެ.
ތަޙްޤީޤްގައި ދެމަފިރިން ބުނީ އެމީހުން އެމެރިކާއަށް އައީ އެމީހުނގެ ދަރިފުޅުގެ އަނބިމީހާ ބަސްނުއަހާކަމުގެ ޝަކުވާތައް ލިބިލިބި ކެތް ނުކުރެވިގެން ކަމަށެވެ.