ހިންދޫން ކުރާ ރަނގަޅު ނޫން ކަންކަމުގެ ވާހަކަ ހާމަކުރާ ބެންގަލޫރުގެ އެންމެ ދުވަސްވީ ނޫސްވެރިންގެ ތެރޭގައި ހިމެނޭ ނޫސްވެރިއެއްގެ ބޮލަށް ބަޑިޖަހާ މަރާލައިފިއެވެ. ބަޑިޖެހީ މިރޭ އިންޑިއާ ގަދިން 8:00 ހައިއިރު ގެއަށް ވަންނަނިކޮށެވެ.
ފުލުހުން ބުނީ ބަޑިޖަހާފައިވަނީ ވަރަށް ގާތުން ކަމަށާއި ކަރާއި މެޔަށް 3 ވަޒަން އަރާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ލިބިގެން ދެވުނު އިރު އޮތީ މަރުވެފައި ކަމަށެވެ.
އުމުރުން 55 އަހަރުގެ ގައުރީ ލަން އަކީ ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށް އޭނާގެ އަމިއްލަ ނޫހެއް ކަންނޑާ ބަހުން ނެރެމުން އަންނަ ނޫސްވެރިއެކެވެ. މިނިވަންކަމާއިއެކު ލިޔުންތައް ލިޔެ ޚިޔާލުފައުޅުކުރަމުން އަންނަ ޖެހިލުންކުޑަ ނޫސްވެރިއެކެވެ.
ޤައުރީ އަކީ ހިންދޫން ކުރި ނަމަވެސް ކަމެއް ގޯސްކޮށް ކޮށްފިނަމަ އެއީ ގޯސް ކަމެއް ކަމަށް ބުނުމުގެ ހިތްވަރު ލިބިގަނެގެން މަސައްކަތްކުރާ ނޫސްވެރިއެކެވެ. އެހެންކަމުން ހައްދުފަހަނައަޅާފައިވާ ހިންދޫން އަންނަނީ ގައުރީއަށް ކަޅިއަޅަމުންނެވެ.