މޯދީ ދަގަނޑު ސޫކީ އާ ބައްދަލުކުރައްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މޯދީ ދަގަނޑު ސޫކީ އާ ބައްދަލުކުރައްވަނީ
އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ މިއަދުގެ ވަގުތެއްގައި މިޔަންމާއަށް ވަޑައިގެން ދަގަނޑު ސޫކީ އާއި ބައްދަލުކުރައްވާނެ ކަމަށް ބައެއް މީޑިއާތަކުގައި ދަނީ ހާމަކުރަމުންނެވެ.

ދަތުރުފުޅާއިބެހޭ ތަފްޞީލު ހާމަ ނުކުރި ނަމަވެސް މޯދީ ދަގަނޑު ސޫކީގެ ކިބައިން އަނިޔާވެރިކަން ދޫކޮށްލަން އެދިވަޑައިގަންނަވާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

މުސްލިމުންގެ އެންމެ ބޮޑު އާބާދީ އެއް އޮތް އިންޑިނޭސިއާގެ ރައްޔިތުން ނުކުމެ އިންޑޮނޭސިއާގައި ހުރި މިޔަންމާގެ އެމްބަސީއަށް ޕެޓްރޯލް ބޮމުން ވަނީ ހަމަލާދީފައެވެ. އިންޑިނޭސިއާގެ ރައްޔިތުން މިޔަންމާގެ ދަގަނޑު ސަރުކަރާއި ދެކޮޅަށް ނުކުތުމުން ރޮހިންޔާ މުސްލިމުންނަށް ދަގަނޑު ސޫކީ ހިންގުވަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އިންޑިނޭސިއާގެ ޚާރިޖީ ވަޒީރުރެޓިނޯ މަރސޫދި ވަނީ މިޔަންމާއަށް ވަޑައިގެން އިންޒާރުތަކެއް ދެއްވައިފައެވެ.

ރެޓިނޯ މަރސޫދި ވިދާޅުވެފައިވަނީ ރޮހިންޔާ މުސްލިމުންނަށް ކުރަމުންގެންދާ އަނިޔާތަކާއި ދެމުން ގެންދާ އަނިޔާތަކުގެ ޒިންމާ އުފުލަން ދަގަނޑު ސޫކީއަށް ޖެހޭނެ ކަމަށެވެ. ރެޓިނޯ މަރސޫދި ވަނީ ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާތައް ވަގުތުން ހުއްޓައިނުލައިފިނަމަ އެކަމުގެ މައްސަލަތައް ބޮޑުވެ ސަރަހައްދުގައި ތަޅާފޮޅުންތައް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދެއްވައިފައެވެ.

ދުނިޔެއިން ފެނުނު ފުރަތަމަ އަންހެން ހިޓްލަރު، ދަގަޑު ސޫކީ އަކީ އެއްވެސް އިންޒާރަކަށް ބޯލަނބާނެ އިންސާނެއް ކަމަކަށް މިހާރަކު ނުބެލެވެއެވެ.
މިއަދު އޮންލައިން