މަޝްހޫރު ނޫސްވެރިޔާ ގައުރި ލަންކޭޝް މަރައިލީ ބީޖޭޕީއަށް ފާޑުކިޔާތީ- ފުރިހަމަ ތަޙްޤީޤަކަށް ގިނަ ބައަކު ގޮވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މަޝްހޫރު ނޫސްވެރިޔާ ގައުރި ލަންކޭޝް މަރައިލީ ބީޖޭޕީއަށް ފާޑުކިޔާތީ- ފުރިހަމަ ތަޙްޤީޤަކަށް ގިނަ ބައަކު ގޮވާލައިފި!
ބެންގަލޫރުގެ މަޝްހޫރު ނޫސްވެރިޔާ ގައުރި ލަންކޭޝް ރޭ ގެއަށް ދިއަ ވަގުތު ބަޑިޖަހައި މަރައިލީ ވެރިކަން ކުރާ ބީޖެޕީއަށް ފާޑުކިޔާތީ ކަމަށާއި އޭނާގެ މަރުގެ މައްސަލައިގައި ފުރިހަމަ ތަޙްޤީޤެއް ފުލުހުން ކުރަންޖެހޭކަމަށް އިންޑިއާގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުގައި މިކަމަށް މިއަދު ދަނީ ގޮވާލަމުންނެވެ. ގިނަ ބައަކު ބުނަމުން ދަނީ މިއީ މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ދެއްކި ބިރެއް ކަމަށެވެ.

ނޫސްވެރިން މެރުމުގެ ހާދިސާތައް އިންޑިއާގައި އަންނަނީ ހިނގަމުންނެވެ. އެހެންކަމާއިއެކުވެސް އިންޑިއާ އަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅައު ދާއިރާއެއްގައި ދީފައިވާ އެއް ޤައުމެވެ.

އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ބެލެވޭއިރު މިބާވަތުގެ އަމަލުތައް ހިންގުމުގެ ފަހަތުގައި ތިބޭ މީހުން ހޯދައި ނުދެއްކޭނަމަ ސަރުކާރަށް އަމާޒުކުރެވޭ އަމާޒުކުރުންތައް ދާނީ އިތުރުވަމުން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން