މިޔަންމާގެ ރައީސް އަންސަން ސޫކީއަކީ ދުނިޔޭގެ ސުލްހައިގެ އެވޯޑު ލިބުނު މީހުންގެ ތެރެއިން ގިނަ ބައެއްގެ މަޤުބޫކަން ހޯދި ކަނބަލެކެވެ. ހަމައެކަނި ކަނބަލަކަށް ވާތީއެއް ނޫނެވެ.
އެވޯޑު ލިބުނުއިރު އޭނާ ދެއްކިވާހަކަތަކާއި ދައްކަމުންދިޔައީ"އަވާމެންދުރެއް"ކަން މިއަދުމިވަނީ މުޅިދުނިޔެއަށް ހާމަވެފައެވެ. އެފަދަ އެވޯޑެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވާއިރު، އޭރު އޭނާ ދެއްކި ކަޅާއިހުދުގެ މަންޒަރުތަކުގައި ހަގީގީ ކުލަ ޖައްސަމުން އެގެންދަނީ މުސްލިމުންގެ ލެއިންނެވެ.
އެހެންނަމަވެސް އެވޯޑު ލިބުނުފަހުން މިވަނީ މަންޒަރުބަދަލުވެފައެވެ. ބޮޑުމަންޒަރު ދައްކަންފަށާފައެވެ. މިޔަންމާގައި ތިބި މުސްލިމުން މަރައި، ހުސްކުރަން ފަށާފައެވެ.
"އަހަންނަށް އެވޯޑުދިނީ ބްޑިސްޓުންނާ އެކުވެގެން މުސްލިމުންގެ ނަސްލު ނެތިކޮށްލުމަށް" ކަމަށްބުނާ ކަހަލައެވެ.
މިހުރިހާކަމެއް މިގޮތަށް ކުރަމުން ގެންދާއިރުވެސް މުސްލިމު ބައެއް ޤައުމުތަކުގެ ލީޑަރުން މިތިބީ "ހަނު ހުރުމުގެ އިޚްތިޔާރު" ބޭނުންކޮށްގެންނެވެ. މިއީ ވިސްނާލަންޖެހޭ ކަމެއް ނޫންތޯއެވެ. ޢިއްފަތްތެރިކަން ނަގާލާ، ދިރިހުއްޓާ އަންދަމުން އެގެންދަނީ ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން ނޫންތޯއެވެ.
ސުލްހަވެރިކަމޭ، ހަމަހިމޭންކަމޭ ކިޔައިގެން އަޑުއުފުލަމުން އަންނަ ވެރިންގެ އަޑު އުފުލަންވީ ވަގުތަކީ މިއީ ނޫންތޯއެވެ.
ކޮންމެ މީހަކަށްވެސް ވެރިކަމުގެ އާރާއި ބާރު ލިބުމުން އެހެންމީހުންގެ ޙައްޤުތައް ނެތި، އާޚިރަތަށްވުރެ ދުނިޔެ ބޭނުންވާ ފަދައިން "ދަގަނޑު ސޫކީ" އަށްވެސް މިހާރު ބޭނުންވަނީ މި ފަނާވަނިވި ދުނިޔޭގެ އާރާއި ބާރެވެ.
ބްޑިސްޓުންގެ އަޅުވެތިކަމުގައި މުސްލިމުން މަރައި، ހުސްކުރަމުން ގެންދާ އިރު، ލިބިފައިވާ ސުލްހައިގެ އެވޯޑު އަނބުރާ ދިނުމަށް އެދަނީ ގޮވަމުންނެވެ. އެއަށްވެސް ފަރުވާލެއް ނެތެވެ.
އެކަމަކު އެ އެވޯޑު ހިފައިގެން މަޙްޝަރުގެ މައިދާނަށް ދަގަނޑު ސޫކީއަށް ދެވިދާނެބާއެވެ. ޔަޤީނެވެ. މިއީ ނުވާނެ ކަމެކެވެ.