ސެނެގޯލް އަދި ދެކުނު އެފްރިކާދެ މެޗު އަލުން ކުޅެން ފީފާއިން ނިންމައިފި.

ކިޔުމަށް ހޭދަވާނީ 2މ 7ސ
ސެނެގޯލް އަދި ދެކުނު އެފްރިކާދެ މެޗު އަލުން ކުޅެން ފީފާއިން ނިންމައިފި.
މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު ސެނެގޯލްއާއި ދެކުނު އެފްރިކާ ބައްދަލުކޮށް 1-2 ގެ ނަތީޖާއިން ދެކުނު އެފްރިކާ މޮޅުވި މެޗު އަލުން ކުޅުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ" އިން ނިންމައިފިއެވެ.

ފީފާއިން މި މެޗު އަލުން ކުޅުމަށް ނިންމާފައިވަނީ އެމެޗުގެ ރެފްރީކަން ކުރި ރެފްރީ ޖޯސެފް ލެމްޕްޓޭގެ ނިންމުން އިންސާފުވެރި ނޫންކަމަށް ސާބިތުވުމުން ކަމަށެވެ.

ފީފާ އިން ވަނީ މި މައްސަލާގައި ޖޯސެފްލަމްޕްޓޭނިންމުންތައްއިންސާފުވެރިނުވެވަކިކޮޅަކަށްޖެހިފައިހުރިކަންސާބިތުވުމުންއޭނާމުޅިއުމުރަށްސަސްޕެންޑްކޮށްފައެވެ.

ފީފާ އިން ލަމްޕްޓޭ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މާޗު މަހު އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާ އަށް ފަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން އިއްޔެ ވަނީ އެ އަދަބު ދަމަހައްޓައިފައެވެ.

އެ މެޗުގައި ސެނެގާލްގެ ކަލިޑޫ ކޫލިބަލީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ލަމްޕްޓޭ ދެކުނު އެފްރިކާ އަށް ޕެނަލްޓީއެއް ދިން ނަމަވެސް ރީޕްލޭ އިން ފެނުނު ގޮތުގައި އެ ބޯޅަ ޖެހުނީ ކޫލިބަލީގެ ކަކުލުގައެވެ.

އެހެން ނަމަވެސް ރެފްރީ ލެމްޕްޓޭ ވަނީ ދެކުނު އެފްރިކާއަށް ޕެނަލްޓީއެއް ދީ މެޗުގެ ނަތީޖާ އެފްރިކާ ކޮޅަށް އަނބުރާލާފައެވެ.

މި މައްސަލާގައި ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ ޖޯސެފްގެ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫން ކަމަށާއި ފީފާގެ އޯގަނައިޒިން ކޮމިޓީން މި މައްސަލަ ބެލި ބެލުމުގައި އޭނާ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ސާބިތުވެފައިވާކަމަށެވެ.

އެހެން ކަމުން ފީފާއިން ވަނީ މި މައްސަލައިގައި ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ލެމްޕްޓޭ އަށް ގައުމީ އަދި ބައިނަލްއަގްވާމީ ލެވެލްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

ފީފާއިން މައްސަލަ ބަލާ ފިޔަވަޅު އެޅުމަށްފަހު، ރެފްރީ ސަސްޕެންޑް ކޮށްފައިވާއިރު، ސެނެގޯލް އަދި ދެކުނު އެފްރިކާ ބައްދަލުކުރި މި މެޗުވެސް ވަނީ އަލުން ކުޅުމަށް ނިންމާފައެވެ. އެގޮތުން މި މެޗު އަލުން ކުޅޭނީ މި އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މިމެޗުންލިބުނުތިންޕޮއިންޓްއުނިކުރުމާއެކުދެކުނުއެފްރިކާވަނީކޮލިފައިންގެގްރޫޕްޑީގެއެންމެފުލަށްވެއްޓިފައެވެ. ދެކުނުއެފްރިކާއަށް އަދި މިހާތަނަށް މެޗަކުން މޮޅުވެވިފައި ނުވާއިރު، ސެނެގާލް އޮތީ ފަސް ޕޮއިންޓާ އެކު ގުރޫޕްގެ ތިން ވަނައިގަ އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބުރްކީނާ ފާސޯ އެވެ.
މިއަދު އޮންލައިން