މިޔަންމާގެ ބުދިސްޓު ފައްޅިއެއް ޣަރަގުވީ ހާދިސާ މިހާރު އެމީހުން ހަނދާން ނެތީބާ؟

ކިޔުމަށް ހޭދަވާނީ 1މ 7ސ
މިޔަންމާގެ ބުދިސްޓު ފައްޅިއެއް ޣަރަގުވީ ހާދިސާ މިހާރު އެމީހުން ހަނދާން ނެތީބާ؟
މިއަހަރުގެ ޖުލައި މަހު، މިޔަންމާގެ ބުދިސްޓު ފައްޅިއެއް ވަނީ ޣަރަގު ވެގެން އަޑިއަށް ގޮސްފައެވެ.

މިކާރިސާ ހިނގި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އެއިރުވެސް، އަދި މިހާރުވެސް އާއްމުން ވެގެންދާއިރު، މިކަން މިޔަންމާގެ ބުދިސްޓުން ހަނދާން ހުރިހެން ހިއެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޔަންމާގެ އެފައްޅި ޣަރަގުވެގެން އަޑިއަށް ގޮސްފައިވަނީ، އެދުވަސްކޮޅު މިޔަންމާގެ މޫސުން ގޯސްވެ ފެންބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް އެކާރިސާގައި އެޤައުމުގެ އެއްވެސް މިސްކިތަކަށް ގެއްލުމެއް ލިބިފައި ނުވުމަކީ، ހެޔޮ ވިސްނޭ ބަޔަކަށް ހަމަ ޔަޤީނުންވެސް މުޢުޖިޒާތެއްކަން ޔަޤީންވާނެއެވެ.

ވީޑިއޯ އިން ފެންނަނީ، އެފައްޅީގެ "ޕަގޯޑާ"، އިއްރަވަޑީ ކޯރު ފެންގަނޑުގެ އަޑިއަށް އެއްކޮށް ގެނބިގެންދާ މަންޒަރެވެ. އިއްރަވަޑީ ކޯރަކީ މިޔަންމާގެ އުތުރުން ދެކުނަށް އޮންނަ އެންމެ ދިގު ކޯރެވެ.

މިކާރިސާ ހިނގިތާ އަދި މާގިނަ ދުވަހެއް ވެސް ނުވެއެވެ. އެމަންޒަރުު ރިކޯޑު ކުރި ބުދިސްޓް މޮންކެއް ބުނެފައިވާ ގޮތުގައި، އެކަން ހިނގީ މިއަހަރުގެ ޖުލައި މަހުގެ 20 ވީ ބުރާސްފަތި ދުވަހެއްގައެވެ. އޭއެފްޕީ އަށް މަޢުލޫމާތު ދެމުން އޭނާ ބުނީ، އެފައްޅި ބިނާ ކުރެވުނީ 2008 ވަަނަ އަހަރުގައި ކަމަށާއި އެފައްޅި ބިނާ ކުރެވުނީއިއްރަވަޑީ ކޯރާއި ވަރަށް ދުރުގައި ކަމަށެވެ.


މިއަދު އޮންލައިން