ޝަންހާއީގެ ރޭލްވޭ ސްޓޭޝަންތަކުގައި ސްމާޓް ޓޮއިލެޓް ބަހައްޓަން ނިންމާ، އަޖުމަބެލުމަށް ބަހައްޓަންފަށައިފި

ކިޔުމަށް ހޭދަވާނީ 53ސ
ޝަންހާއީގެ ރޭލްވޭ ސްޓޭޝަންތަކުގައި ސްމާޓް ޓޮއިލެޓް ބަހައްޓަން ނިންމާ، އަޖުމަބެލުމަށް ބަހައްޓަންފަށައިފި
ޝަންހާއީގެ ރޭކްވޭ ސްޓޭޝަންތަކުގައި ސްމާޓް ޓޮއިލެޓް ބަހައްޓަން ނިންމާ، އަޖުމަބެލުމަށް ބަހައްޓަންފަށައިފިއެވެ.

ޗައިނާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ ރޭލްވޭ ސްޓޭޝަންތަކުގައި ފާޚާނާކުރުމަށް ގިނަބަޔަކު ކިޔޫގައިޖެހި މަޑުކުރަން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ކުރާ ކަމެއްކަމަށެވެ. އަދި ޚާއްސަކޮށް ހަފުތާބަންދުގައި ކިޔޫ ދިގުވާތީ އެކަމަށް ހައްލެއް ހޯދުން ކަމަށެވެ.

އަޖުމަބެލުމުގެ ގޮތުން ސްމާޓް ޓޮއިލެޓް ބަހައްޓާފައިވަނީ ހޮންގިއާއޯ ރޭލްވޭ ސްޓޭޝަންގައެވެ. އަދި މި ފާޚާނާތަކުގައި މީހުން ތިބިކަން ނުވަތަ ނޫންކަން ސްޓޭޝަންގައި ބަހައްޓަފައި ހުންނަ ސްކްރީނަކުން ފެންނަން ހުރެއެވެ. އެގޮތުން ފެހި ކުލައިގާ ހުރެއްޖެނަމަ އެއީ މީހަކު ނެތް ފާޚާނާއެކެވެ. އަދި ރަތް ކުލައިގާ ހުރެއްޖެނަމަ އޭގެ މާނައަކީ އެ ފާޚާނާއެއްގައި މީހަކު އުޅެނީކަމެވެ.

ހޮންގިއާއޯ ރޭލްވޭ ސްޓޭޝަންގައި މަސައްކަތްކުރާ މީހުން ބުނީ މިގޮތަށް ސްމާޓް ޓޮއިލެޓް ބެހެއްޓުމުން ކިޔޫ މަދުވަމުން އަންނަ ކަމަށާއި ސާފުކުރުމަށްވެސް ފަސޭހަކަން ލިބޭކަމަށެވެ.


މިއަދު އޮންލައިން