ދިރާގު، ޔޫއެންޑީޕީ އަދި އެންޓަރޕްރައިސް މޯލްޑިވްސް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް) އިން، އައު ފިކުރާއި އިނޮވޭޝަން އަށް ޒުވާނުން އަހުލުވެރި ކުރުމުގެ ގޮތުން ޓެކްސްޓާސް ގެ ސްޓާޓްއަޕް ވީކެންޑެއް ބާއްވަން ނިންމައިފިއެވެ.
ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިސްޓާޓްއަޕް ވީކެންޑުގައި ޒުވާނުންގެ އެކިއެކި ޙިޔާލުތައް ކުރިއަރުވާ އަދި އެޙިޔާލުތައް ވިޔަފާރީގެ މައިދާނުގައި ބޭނުން ކުރެވޭނެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށެވެ.
މިސްޓާޓްއަޕް ވީކެންޑުގައި ޒުވާނުންނަށް ނެޓްވޯކް ގެ ދާއިރާ އެނގުމާއި، ކަމާއި ބެހޭ މާހިރުންގެ ފަރާތުން އެކަން އުނގެނުމާއި އެފަދަ ފުނަރުތައް އިތުރަށް ކުރިއެރުވުމަށް ފުރުސަތު ލިބިގެންދާނެ އެވެ. މިއީ މިފަދަ ކަމެއް ބައިނަލްއަޤްވާމީ ފަރާތަކުން އިސްނަގައިގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ސްޓާޓްއަޕް ވީކެންޑެވެ. މިއީ ޓެކްސްޓާސް ގެ ފަރާތުން އުފައްދާ އެންޓްރެޕެނިއަރސް އަށް ގޫގުލް ގެ ފަރާތުން ސްޕްރޮންސަރ ކޮށްފައިވާ ވީކެންޑެކެވެ. އެފަރާތުން 140 ޤައުމެއްގައި މިހާރުވެސް މިސްޓާޓްއަޕް ވީކެންޑް ތަޢާރަފް ކޮށްފައިވެއެވެ.
މިސްޓާޓްއަޕް ވީކެންޑުގައި ދިރާގުގެ ރޯލަކީ، ޒުވާނުންގެ ޤާބިލިއްޔަތު ހުރިވަރު އުނގަންނައި ދީގެންނާއި ޙިޔާލުތަކުގެ ބޭނުން ކޮށްގެން އަންގައި ދިނުން ކަމަށް ދިރާގުން ބުނެފައިވެއެވެ.