ޗައިނާއަށް އަންނަ އަހަރު މުޅިން އައު ހަތްހާހަށްވުރެ ގިނަ މަތިންދާބޯޓު ބޭނުންވާކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރު އެ ޤައުމަށް މުޅިން އައު 7240 މަތުންދާ ބޯޓު ބޭނުންވާ ކަމަށެވެ. އަދި ގާތްގަޑަކަށް 1.1 ޓްރިލިއަން ޑޮލަރު މިކަމަށް ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއީ އެ ޤައުމުގެ ވައިގެ ދަތުރުފަތުރުތަކަށް ލިބެމުންދާ ތަރުހީބު ބޮޑުވަމުން އަންނާތީ އިތުރުކުރާ މަތިންދާ ބޯޓު ކަމަށާއި ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގެ އެތެރޭގެ އުދުހުންތަކަށް އެކަނިވެސް 41,030 މަތިންދާ ބޯޓު ގެނެސްފައިވާކަމަށް ޗައިނާއިން ބުނެއެވެ. އަދި މިއީ ގާތްގަޑަކަށް 6.1 ޓްރިލިއަން ޑޮލަރު ކަމަށްވެސް ބުނެއެވެ.
ޢާންމު ގޮތެއްގައި އެ ޤައުމުގެ އެތެރޭގެ އުދުހުންތަކަށްވެސް ބޮއިން މަރުކާގެ ބޯޓުބޭނުން ކުރަމުން އަންނަ އިރު، އަންނަ އަހަރު އަލަށް ހޯދާ މި ބޯޓުތަކުގެ ސަބަބުން އެ ޤައުމުގެ އިކޮނޮމީ ވަރަށްބޮޑުތަން ކުރިއަރައިގެންދާނެ ކަމަށް ޗައިނާ އިން އަންދާޒާ ކުރެއެވެ.
މީގެ އިތުރުން މަތިންދާ ބޯޓުތައް އިތުރުވުމުން ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުޞަތުވެސް ތަނަވަސްވާނެކަމަށް އެ ޤައުމުން ބުނެއެވެ.