ސްޕެއިންގެ ނައިޓްކްލަބެއްގަ ނަށަންހުރި އަންހެނެއްގެ ދެ އުރަމަތި "ވެއްޓިއްޖެ"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ސްޕެއިންގެ ނައިޓްކްލަބެއްގަ ނަށަންހުރި އަންހެނެއްގެ ދެ އުރަމަތި "ވެއްޓިއްޖެ"
ސްޕެއިންގެ ނައިޓް ކްލަބެއްގައި ނަށަންހުރި އަންހެނެއްގެ ދެ އުރަމަތި "ވެއްޓިއްޖެ"އެވެ.

ޚަބަރުގައިވާ ގޮތުން އެހާދިސާ ހިގާފައިވަނީ ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައެވެ. ގިނަ ބައަކު މަސްހުނިވެ ނަށަމުން ދިއައިރު ފްލޯގައި ނަށަންހުރި އަންހެނަކު ބާރަށް އަޑުގަދަކުރަމުން ފްލޯމައްޗަށް ވެއްޓުނީއެވެ.

އޭނާ ތަޅުންގަނޑުން ނަގައި ކޮޅަށް ބެހެއްޓުމުން މޭމަތީގައި އަތް އަޅައިގެން އަޑުގަދަކޮށް ރޯތީ ހެލްތް ރޫމަށް ގެންގޮސް ބެލިއިރު ދެ އުރަމަތި ވެސް ވަނީ ދެބައިވެފައެވެ. ނަމަވެސް ހަނގަނޑު ބުރިވެފައެއް ނުވެއެވެ. ދެބައިވެފައިވަނީ އެތެރެއިންނެވެ.

އެކަން އެނގުމުން ބައެއް މީހުން ނައިޓް ކްލަބް ދޫކޮށް ބިރުން ދިއަކަށްވެސް ޚަބަރުގައި ބުނެއެވެ.

ދާދިފަހުން ފްރާންސްގައި ވަނީ މިޔުޒިކް ކުޅޭތަނަކަށް ހޮނު އަޅައިފައެވެ. މިފަދަ ކަންކަން ޢާންމުކޮށް ފެންނަމުންދާއިރުވެސް މިކަންކަމަށް ސަމާލުކަން ދެނީ މަދު ބައެކެވެ. ރާއްޖެއަށް ބެލި ނަމަވެސް ގިނަ ބައަކަށް މިހާރު ޤަބޫލުކުރެވެނީ ފުޓްބޯޅަވެސް މޮޅަށް ކުޅެވެނީ މިޔުޒިކާއިއެކުގައެވެ. ކަސްރަތުގެ ފައިދާ ހަށިގަނޑަށް ލިބެނީވެސް މިޔުޒިކާއިއެކު ކަސްރަތުކުރުމުންނެވެ. ދަރިވަރުން ކިޔަވަން މޮޅުވެ އިނާމު ލިބެނީވެސް މިޔުޒިކު ކުޅުނު ވަރަކުންނެވެ. ދަރިވަރުންނަށް މަތީ ވަނަތައް ހާޞިލުކުރެވުމުން މާތް ﷲ އަށް ޙަމްދުކުރުމަށްވެސް ކޮންމެހެން މިޔުޒިކް ކުޅެންޖެހެއެވެ.

މިކަންކަން މިގޮތަށް ޤަބޫލުކޮށް އަމަލުކުރަމުން ދިއުމަކީ އިތުރަށް ވިސްނާލަންޖެހިފައިވާ ކަންކަމެވެ.
މިއަދު އޮންލައިން