ގެމް 14 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ ސްޕޯރޓްސް ކުލަބުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 2މ 14ސ
ގެމް 14 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ ސްޕޯރޓްސް ކުލަބުން ހޯދައިފި
ގުރައިދޫ އެންޑޯމަންޓް މޫވްމަންޓް (ޖެމް) ގެ 14 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ ސްޕޯރޓްސް ކުލަބުން ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ އީވިލް ސްޕޯރޓްސް ކުލަބާ ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ވިންސިއާ ސްޕޯރޓްސްއިން ޖެހީ ފުރަތަމަ ހާފުގެ 20 މިނިޓްތެރޭ ޖާރޒީ ނަމްބަރ 17 މުހައްމަދު އަރީފުއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރ 10 މުހައްމަދު އަރީފުއެވެ.

އީވިލް ސްޕޯރޓްސްގެ ހަމައެކަނި ލަނޑު މެޗުގެ 90 މިނިޓްތެރޭ ޖަހައިދިނީ ޖާރޒީ ނަމްބަރ 13 އިސްމާއީލް ސާމީއެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ވިންސިއާ ސްޕޯރޓްސް ކުލަބުގެ ޖާރޒީ ނަމްބަރ 17 މުހައްމަދު އަރީފު ހޮވިފައިވާ އިރު، އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމަށް ހޮވިފައިވަނީ އީވީލް ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރ ޖާރޒީ ނަމްބަރު 9 އަހްމަދު ނައުފަލްއެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑުޖަހައިގެން ޓޮޕް ސްކޯރަރގެ މަޤާމު އީވިލް ސްޕޯރޓްސް ކުލަބުގެ ޖާރޒީ ނަމްބަރު 9 މުހައްމަދު ޒަމީރު ހޯދި އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީވީލް ސްޕޯޓްސްގެ ޖާރޒީ ނަމްބަރ 10 އަހްމަދު ހައިލަމްއެވެ. އަދި މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިޔާގެ މަޤާމުހޯދީ އީވިލް ސްޕޯރޓްސް ކުލަބުގެ ޖާރޒީ ނަމްބަރު 7 އާދަމް ނާސިހްއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ވިންސިއާ ސްޕޯރޓްސް ކުލަބުގެ ޖާރޒީ ނަމްބަރު 17 މުހައްމަދު އަރީފު ހޮވިފައިވާ އިރު، ފެއާރ ޕްލޭ ޓީމަކީ ދަނކަދާ ސްޕޯރޓްސް ކުލަބެވެ.

މި މުބާރާތުގެ ފައިނަލްމެޗު ނިމުމުން ވަނަތަކަށްދިޔަ ޓޯމުތަކަށާއި ކުޅުންތެރިންނަށް ޓްރޮފީ، ހަނދާނީލިޔުން އަދި މެޑެލް ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރ ހުސައިންމަނިކު ދޮންމަނިކުއެވެ.

ޗެމްޕިއަން ޓީމަށް 20،000 (ވިހިހާސް) އަދި ރަނަރއަޕް ޓީމަށް 10،000 (ދިހަ ހާސް) ހުށަހަޅާފައިވާ މި މުބާރާތުގައި މިއަހަރު ވާދަކޮށްފައިވަނީ ދަކަނދާ ސްޕޯރޓްސް ކުލަބް، ލަޔަންސް ސްޕޯރޓްސް ކުލަބް، ދީ ލައިވް ސްޕޯރޓްސް ކުލަބް، އީވިލް ސްޕޯރޓްސް ކުލަބު، ވިންސިއާ ސްޕޯރޓްސް ކުލަބް އަދި އެލް އެގްޒިޓޯ ސްޕޯރޓްސް ކްލަބެވެ.

މިއީ ގުރައިދޫ ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރެއްގެ އަޟްހާ ޢީދާ ދިމާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަށް މުޅި ރަށުގެ ކުދި ބޮޑު އެންމެން ތައްޔާރުވާކަން ފާހަގަ ކުރެވެއެވެ.





މިއަދު އޮންލައިން