ޤަތަރާއި އަރަބި ޤައުމުތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ބޭނުން ކަމަށް ބުނެ ޤަތަރުން ސައުދިއަރަބިޔާ އާއެކު މަޝްވަރާކޮށްފިއެވެ.
ޤަަތަރުގެ އަމީރު ޝައިޚް ޘާނީ ސައުދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށް ފޯނުކުރައްވައި ވިދާޅުވީ ދެފަރާތުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މަޝްވަރާތައް ފަށްޓަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މުޙައްމަދު ބިން ސަލްމާން ވަނީ ޤަތަރުގެ އަމީރަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޤަތަރާއިއެކު ސައުދިއަރަބިޔާއިން މަޝްވަރާކުރާނީ ޔޫއޭއީ އާއި މިޞުރުގެވެސް ލަފާގެމަތިން ކަމަށެވެ. އަދި މައްސަލަތައް ހައްލުކުރެވޭނީ 5 ޤައުމުން އެއްބަސްވެގެން ކަމަށެވެ.
ޤަތަރު މައްސަލަ ހައްލުވުމަކީ މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ޤަތަރަކީވެސް މުއްސަނދި ޤައުމެއް ނަމަވެސް އެހެން ޤައުމުތަކާއި ވަކިވެ އެކަހެރި ވެގެން އުޅެވެން އޮތް ޤައުމެއް ނޫނެވެ.