ޗައިނާގައި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ބައިސްކަލްދުއްވުމަށް އިތުރުމަގެއް ހަދައިފި

ކިޔުމަށް ހޭދަވާނީ 38ސ
ޗައިނާގައި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ބައިސްކަލްދުއްވުމަށް އިތުރުމަގެއް ހަދައިފި
ޗައިނާގައި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ބައިސްކަލްދުއްވުމަށް އިތުރުމަގެއް ހަދައިފިއެވެ.

މި މަގުގައި 798 ކިލޯމީޓަރ ހުރެއެވެ. އަދި އަންނަ އަހަރު 16,000 ކިލޯމީޓަރުގެ އިތުރު މަގު ހެދުމަށް ވަނީ ނިންމާފައެވެ.

އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ބައިސްކަލް ދުއްވުމަށާއި ހިނގާބިނގާވެ އުޅުމަށް ޚާއްސަމަގުތައް އިތުރުކުރުމުން މިހާރުދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި އެ ޤައުމުގެ ރައްޔިތުން ތިބުމަށް މަގުފަހިވާނެ ކަމަށެވެ.

ދާދިފަހަކާޖެހެންދެން ޗައިނާގައި އެއްގަމުދަތުރުފަތުރު ކުރުމަށް ބޭނުންކުރަމުން އައިސްފައިވަނީ އިންޖީނުލީ އުޅަނދުފަހަރެވެ. ނަމަވެސް މިހާރަކަށްއައިސް ބައިސްކަލާއި ބެޓެރީ ސައިކަލްފަދަ ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އަންނަނީ އިތުރުވަމުންނެވެ.


މިއަދު އޮންލައިން