ޤަތަރުން އަދިވެސް ގެންދަނީ އުފެދިފައިވާ މައްސަލަތަކުގެ ހަޤީޤަތް އޮޅުވާލަމުން ކަމަށާއި މައްސަލަތަކުގެ ހަޤީޤަތް ޤަތަރުން އޮޅުވާލާނަމަ މަޝްވަރާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ސައުދީ ޚާރިޖިއްޔާއިން ބުނެފިއެވެ.
ސައުދީ ޚާރިޖިއްޔާއިން ބުނެފައިވަނީ އަދިވެސް ޤަތަރުން ބަޔާންތައް ނެރެނީ އޮޅުވާލައިގެން ކަމަށާއި އުފެދިފައިވާ ހަޤީޤީ މައްސަލަތަކާއި ގުޅުންހުރި އެއްވެސް ބަޔާނެއް ޤަތަރުން ނުނެރޭ ކަމަށެވެ. "އަހަރެމެން ބޭނުމެއް ނޫނ. ބޭކާރު ކަންކަމަށް މަޝްވަރާކުރަން ވަގުތުތައް ހޭދަކުރާކަށް."
ސައުދީ ޚާރިޖިއްޔާގެ އޮފިޝަލް ވިދާޅުވީ ޤަތަރުން އަދިވެސް އުޅެނީ މައްސަލައަކީ ކުޅޭކުޅޭ ކަމަކަށް ހަދަން ކަމަށާއި އެހެން ނަމަވެސް މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ. ޤައތަރުން މައްސަލައިގެ ސީރިއަސްކަން ޤަބޫލުނުކުރާނަމަ ޤަތަރާއިއެކު ސައުދިއަރަބިޔާއިން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.