ދަގަނޑު ސޫކީ އާ ދެކޮޅު ޤަރާރުގަ އިންޑިއާ އިން ސޮއިނުކުރުމުން މައްސަލަ ހޫނުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ދަގަނޑު ސޫކީ އާ ދެކޮޅު ޤަރާރުގަ އިންޑިއާ އިން ސޮއިނުކުރުމުން މައްސަލަ ހޫނުވެއްޖެ!
ދަގަނޑު ސޫކީގެ ލާއިންސާނީ އަނިޔާވެރިކަމާއި ދެކޮޅަށް ބުރާސްފަތި ދުވަހު އިންޑިނޭސިއާގައި އެކުލަވައިލި ޤަރާރުގައި އިންޑިއާ އިން ސޮއިނުކުރުމުން ގިނަ ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިޤަރާރު އެކުލަވާލާފައިވަނީ ދެމެހެއްޓެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމާއި ބެހޭގޮތުން އިންޑޮނޭސިއާގައި ކުރިއަށް ގެންދިއަ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގެތެރެއިންނެވެ. އިންޑިއާ އިން ބުނެފައިވަނީ މިޔަންމާގެ މައްސަލަ އާއި މި ބައްދަލުވުމާއި ގުޅުމެއް ނެތް ކަމަށެވެ.

އިންޑިއާގެ ވަފުދުން ޤަރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދިއިރު އެއިގެ ކުރީ ދުވަހު ބޮޑުވަޒިރު ނަރެންދުރަ މޯދީ ވަނީ މިޔަންމާއަށް ވަޑައިގެން ދަގަނޑު ސަރުކާރަށް ހިތްވަރު ދެއްވައިފައެވެ. އެހެންކަމުން މިފަދަ ޤަރާރެއްގައި އިންޑިއާ އިން ސޮއިނުކުރާނެކަން ކުރިންވެސް ވަނީ ލަފާކުރެވިފައެވެ.

މިއަދު އޮންލައިން