އުމުރުން 13 އަަހަރުގެ ފިރިހެން ކުއްޖަކު ގެއަށް ވައްދައި ގަދަކަމުން ޖންސީ ގުޅުން ހިންގި އަންހެނަކު 13 އަހަރަށް ޖަލަށް ލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ ފިރިހެން ކުއްޖާ ގެއަށް ވެއްދީ ވާހަކަ ދައްކާލަން ކަމަށް ބުނެއެވެ. ގެއަށް ވެއްދުމަށްފަހު ދޮރުތައް ތަޅުލައި ނިދާ ކޮޓަރިއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގީއެވެ.
އެކަމުން ސަލާމަތްވެ ގެއިން ނުކުމެވުމުން ކުއްޖާ ވަނީ ގެއަށް ގޮސް އޭނާއަށް ކުރިމަތިވި ކަންތައްތައް ކިޔައިދީފައެވެ. މައްސަލަ ކޯޓަށް ހުށަހެޅުނީ ކުއްޖާގެ ބެލެނިވެރިން ފުލުހުންނަށް ރިޕޯޓަކުރުމާއި ގުޅިގެނނެވެ.
ކުއްޖާ ކޯޓުގައި ބުނީ ހާދިސާ އާއި ގުޅިގެން މައިންބަފައިންގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބުނު ކަމަށެވެ. ހިތްވަރުދީ އެހީތެރިވި ކަމަށެވެ. ނަމަވެސް ޢާއިލާގެ އެހެން މީހުން އޭނާ އާއިމެދު ދެކޭގޮތް ތަފާތުވި ކަމަށެވެ.
ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގުމުން ޚާއްޞަކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތަކަށް ދުނިޔޭގެ ކޯޓުތަކުން ވެސް ގެންދަނީ ބޮޑެތި އަދަބުތައް ދެމުންނެވެ.