ޗައިނާގެ އިންފްލޭޝަން ރޭޓް މިދިޔަ އޯގަސްޓް މަހު 1.4 އިންސައްތަ ކުރިއަރައިފިއެވެ.
ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ހާމަކޮށްފައިވާ ގޮތުގައި މިއީ މި އަހަރުގެ ފުރަތަމަ 7 މަސްދުވަހާއަޅާބަލާއިރު، 0.4 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ 10 މަސް ނިމޭއިރު، އިންފްލޭޝަން ރޭޓް 1.6 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
ސީޕީއައި އިން ބުނީ މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ތަރުކާރީގެ ބާވަތްތަކުން 8.5 އިންސައްތަ، ބިހުގެ ބާވަތްތަކުން 13.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.