ރޮހިންޔާ މުސްލިމުން ބަނޑަށް ޖެހި ގޮތް ހުސްވެ މަގަށް ނުކުމެ ހަށިވިއްކަންޖެހޭ ހާލަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރޮހިންޔާ މުސްލިމުން ބަނޑަށް ޖެހި ގޮތް ހުސްވެ މަގަށް ނުކުމެ ހަށިވިއްކަންޖެހޭ ހާލަތަށް!
ދަގަނޑު ސޫކީގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން މިޔަންމާ ދޫކޮށް ބަންގްލަދޭޝް ބޯޑަރަށް ގޮސްތިބިކަމަށް ބެލެވޭ ރޮހިންޔާ މުސްލިމުންގެ އަދަދު ދެލައްކައަށްވުރެ ގިނަވާނެ ކަމަށް ބެލެވޭއިރު ކާނެ އެއްޗެއް ނުލިބޭތަނުގައި ބޯފެންފޮދެއްވެސް ނުލިބެއެވެ.

އޮބްޒަރވަރުން ބުނާގޮތުން ހައިހޫނުކަމުން ސަލާމަތްވެވޭނެ ގޮތެއް ފެނޭތޯ ރިފިޔުޖީން މިހާރު ދަނީ ސަރަހައްދުގެ މަގުތަކަށް ނުކުންނަމުންނެވެ. މަގުން ދަތުރުކުރާ ވެހިކަލްތައް ހުއްޓުވައި ސަލާންޖަހަމުންނެވެ. މަގުން ދަތުރުކުރާ މީހުންނަށް ފައުޅުގައި އިއްފަތްތެރިކަން ވިއްކަމުންނެވެ.

އދ ގެ އޮފިޝަލަކު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ އެއްވެސް މަގެއް އަދި ނުފެންނަ ކަމަށެވެ. ދޭތެރެއަކުން ޓްރަކެއްގައި ކާއެތިކޮޅެއް ލިބުނު ނަމަވެސް އެއިން ނުފުދޭކަމަށެވެ.

ހައިހޫނުކަން ބޮޑުވެ ތަޅާފޮޅުން އުފެދެމުން އަންނަ ކަމަށާއި އެމީހަކަށް ލިބުނު ގޮތަކުން ކާއެތިކޮޅު ހޯދަން މިހައި ގިނަ ބައަކު ދޫކޮށްލައިގެން ތިބެން ހެޔޮ ނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިެއެވެ.

އޮފިޝަލް ވިދާޅުވީ އެހީގެތަކެތި ބެހުން އަވަސްކުރަންޖެހިފައިވާ ކަމަށެވެ. "ބިސްކޯދާ ހަނޑޫ ކޮންމެވެސް ވަރަކަށް ލިބިފައި އެބަހުރި. އެބަހުމުގެ މަސައްކަތް މިދަނީ ކުރަމުން. ނަމަވެސް މިއީ ވަރަށް ކުޑަ ސްޓޮކެއް." ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން