މިޔަންމާ ސަރުކާރާއި ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވެގެން، ބަންގްލަދޭޝް އަށްދާ ރޮހިންޔާ ރެފިއުޖީންނަށް އެހީވުމަށްޓަކައި ޑެންމާކް ސަރުކާރުން 256 މިލިއަން ޓާކާ ޔުނައިޓެޑް ނޭ×ޝަންސް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަށް ޑޮނޭޓް ކޮށްފިއެވެ.
ޑެންމާކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެޤައުމުގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން މިނިސްޓަރ އުލިއާ ތޮރްނައިޒް ވިދާޅުވީ މިޔަންމާ ސަރުކާރުން ރޮހިންޔާ މުސްލިމުންނާއި ދޭތެރޭ ކަންތައް ކުރަމުން އަންނަ ގޮތާއިމެދު އެކަމަނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި މިއަދުން މިއަދަށް ވެސް އެހަމަނުޖެހުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މީގެއިތުރުން އުލިއާ ތޮރްނައިޒް ވިދާޅުވީ، އެއަނިޔާވެރިކަމާއި ދެކޮޅަށް ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުން ރޮހިންޔާ މުސްލިމުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމުންނަށް، ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ގޮވާލާކަމަށެވެ.
ބަންގްލަދޭޝް އިން ރޮހިންޔާ ރެފިއުޖީންނަށް އެހީތެރިކަން ބޭނުންވާ ވަރަށް ފޯރުނުކޮށްދެވޭ ކަމަށާއި އެހެންކަމުން މިއީ އެންމެންވެސް ތެދުވެ އެހީތެރިވާންވީ ވަގުތު ކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.
ޑެންމާކުން ވެދޭ އެހީ ބަންގްލަދޭޝް އާއި ހަމައަށް ފޯރުކޮށްދެނީ ޑަބްލިއުއެފްޕީ އާއި ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްއޭ) މެދުވެރިކޮށެވެ.
މިޔަންމާ ސަރުކާރާއި ބުދިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި މިހާތަނަށް 150،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ވަނީ ބަންގްލަދޭޝް އަށް ދަތުރުކޮށްފައެވެ.