ޓީއެފްޖީގެ ބައިވެރިން ސްޕާޓަން ރޭހުގައި ދުވެ، ރާއްޖެއަށް ރީތިނަމެއް ހޯދައިދީފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓީއެފްޖީގެ ބައިވެރިން ސްޕާޓަން ރޭހުގައި ދުވެ، ރާއްޖެއަށް ރީތިނަމެއް ހޯދައިދީފި
ޓޯޓަލް ފިޓްނަސް ގްރޫޕްޓީއެފްޖީގެ ބައިވެރިން ސްޕާޓަން ރޭހުގައި ދުވެ، ރާއްޖެއަށް ރީތިނަމެއް ހޯދައިދީފިއެވެ.

އޮބްސްޓެކަލް ކޯސް ރޭހެއް ކަމަށްވާސްޕާޓަން ރޭސް އޮތީ ތައިލެންޑުގެ ޗޮންބުރީގައިމިއަދުއެވެ. މިރޭހުގައި ބައިވެރިވެފައިވަނީ ޓީއެފްޖީގެ ސީއީއޯ އަދި މާސްޓަރ ޓްރެއިނަރ ޙުސައިން ޒިނާން އާއި އައިޝަތު ޝައްފައާއި މުހައްމަދު ރުހާމާއިމަރިޔަމް އިނާ އާއި ލަމްސާ ހުސެއިނާއި ހަސަން ޝާހިދު (ދައްގު) އަދި އަހުމަދު ރަޝީދެވެ.

ސްޕާޓަން ރޭހުގައި ދުވުމާއެކު ތަފާތު އެކި އުނދަގޫ މަރުހަލާތަކެއްފުރިހަމަކުރަން ޖެހެއެވެ. އެގޮތުން އުސްތަންތަނަށް އެރުމާއި ފުންމުމާއިއެކޮޅުކޮޅުން އެލިގެންނާއި ފިރުކިފައި ތަންތަން ހުރަސްކުރަން ޖެހެއެވެ. އަދި ފެންގަނޑުތައް ހުރަސްކުރުމާއި ކޮނޑަށް ބަރު އެއްޗެހިލައިގެން ދުވަން ޖެހެއެވެ.

ނަމަވެސް އޯޕަންކެޓަގަރީގެ ސްޕްރިޓިން ސްޕާޓަން ރޭހުގައި ޓީއެފްޖީގެ ބައިވެރިން ވަނީ މި އުނދަގޫ ކަންތައްވެސް ފުރިހަމަކޮށް ރާއްޖެއަށް ފަޚުރުވެރި މެޑެލްތަކެއް ހޯދައިދީފައެވެ.

މިރޭހަށް ޓީމު ތައްޔާރުކުރުމަށް ގާތްގަޑަކަށް ތިންމަސް ދުވަހުގެ މުއްދަތެއް ނަގާފައިވާ އިރު، މި ތަމްރީނުތައް ހަދާފައިވަނީ ޒިނާންގެ އިރުޝާދުގެ ދަށުންނެވެ.

ޓީއެފްޖީ އިން މި ހޯދި ކާމިޔާބީއަށް މިއަދުނޫހުގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
މިއަދު އޮންލައިން