ބަންގްލަދޭޝްގެ ސަރުކާރުން ހުއްދަ ދީފިނަމަ އެޤައުމަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންނަށްޓަކައި 200 އެނދުގެ ހޮސްޕިޓަލެއް އަޅައިދޭން ބޭނުން ކަމަށް މެލޭސިޔާއިން ބުނެފިއެވެ.
ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވީ އަންނަ ހޯމަ ދުވަހު މެލޭސިޔާގެ އިސް ވަފުދެއް ބަންގްލަދޭޝްއަށް ފޮނުއްވައި ރޮހިންޔާ މުސްލިމުންނަށް ކޮށްދެއްވިދާނެ ކަންކަން ބައްލަވައި ކޮށްދެއްވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ބޮޑުވަޒީރު ވަނީ ރޮހިންޔާ މުސްލިމުންނަށް ވަގުތީ ބޯހިޔާވަހިކަން ދެއްވާނެ ކަމަށާއި ފޯރުކޮށްދެއްވެންހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ބެލެވޭ ގޮތުން ދަގަނޑު ސޫކީގެ އަނިޔާވެރިކަން އިންތިހާއަށް ގެންގޮސް ދިރިތިއްބައި އަންދަންފެށިތާ ފުރަތަމަ 15 ދުވަހުގެ ތެރޭގައިވެސް ރޮހިންޔާ މުސްލިމުނގެ 300،000 އަށްވުރެ ގިނަ މީހުން ވަނީ މިޔަންމާ ދޫކޮށް ޤައުމުން ނުކުމެފައެވެ.