ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުބާއީގައި ކުރި ފުރަތަމަ ކައިވެނީގައި ޝައިޚް މުޙައްމަދު ބައިވެރިވެވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުބާއީގައި ކުރި ފުރަތަމަ ކައިވެނީގައި ޝައިޚް މުޙައްމަދު ބައިވެރިވެވަޑައިގެންފި
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދުބާއީގައި ކުރި ފުރަތަމަ ކައިވެނީގެ ރަސްމިއްޔާތުގައި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު ބައިވެރިވެވަޑައިގެންފިއެވެ.

ދުބާއީގައި ތަޢާރަފްކުރި މިނިޒާމުގެދަށުން ކައިވެނިކޮށްދޭ ޚާއްޞަ މަރުކަޒަށް ކައިވެންޏާއިބެހޭ މީހުން ހާޒިރުވުމުން މައުޛޫން ކައިވެނިކޮށްދެއްވަނީ އޭނާގެ އޮފީހުގައި އިންނަވައިގެންނެވެ.

ޝައިޚް މުޙައްމަދު ބިން ރާޝިދު ވަނީ މިނިޒާމުގެދަށުން ކައިވެނިކުރެވުނު ފުރަތަމަ ދެމަފިރިންނަށް މަރުހަބާ ވިދާޅުވެފައެވެ. ޝައިޚް މުޙައްމަދު ބިން ރާޝިދު ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެވަދައިގަތީ ކުރިން އެކަން އެންގެވުމަކާއި ނުލައެވެ.

ކައިވެނި ކުރެވުނު ދެމަފިރިން ވަނީ ޝައިޚް މުޙައްމަދު ބިން ރާޝިދަށް ޝުކުރު އަދާކުރައްވައިފައެވެ.
މިއަދު އޮންލައިން