ޠޫފާން އަރައިފިނަމަ ފްލޮރިޑާގަ 15 ފޫޓަށް ފެންބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ޠޫފާން އަރައިފިނަމަ ފްލޮރިޑާގަ 15 ފޫޓަށް ފެންބޮޑުވާނެ!
ޠޫފާން ފްލޮރިޑާއަށް ކުރިމަތިވަނީއެވެ. ސަރުކާރުން ވަނީ ފްލޮރިޑާގެ 6.3 މިލިއަން މީހުންނަށް ފްލޮރިޑާ ދޫކޮށް ދިއުމަށް އަންގއިފައެވެ. ދަނީ އެކަމަށް އިންޒާރުތައްވެސް ދެމުންނެވެ.

މިރެއާއި ހަމައަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ފްލޮރިޑާ ދޫކޮށް ގޮސްފައިވަނީ ވަރަށް މަދުބައެކެވެ. ގިނަ މީހުން މަޑުކޮށްގެން ތިބީއެވެ. ބުނެވޭގޮތުން ޠޫފާން ފްލޮރިޑާއަށް އަރައިފިނަމަ 15 ފޫޓަށް ފެންބޮޑުވާނެއެވެ.

ޠޫފާނުގައި ކެރިބިއަންގެ ރަށްތަކަށް ލިބުނު ގެއްލުންތައް 1.3 ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާއަށް ބޮޑެތި ގެއްލުންތައް ލިބިފައިވީނަމަވެސް ތަފްޞީލުތައް ހާމަކުރަން ދަނީ ފަސްޖެހެމުންނެވެ.
މިއަދު އޮންލައިން