ދުބާއީގައި ދިރާސީ އައު އަހަރު ފެށުނީ މިއަދުއެވެ. މި އަދު ސްކޫލްތައް ހުޅުވުމާއިއެކު ބައެއް ސްކޫލްތަކަށް ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު ވަނީ އަމިއްލަފުޅަށް ވަޑައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމުކުރެވިފައި ހުރި ގޮތް ބައްލަވާލައްވައިފައެވެ.
ޝައިޚް މުޙައްމަދު ބިން ރާޝިދު ސްކޫލްތަކަށް ވަޑައިގަތީ ކުރިން އެންގެވުމަކާއި ނުލައެވެ. އެހެންކަމުން ސްކޫލްތަކަށް ލިބިގެންދިއައީ ކުއްލި ސިހުމެކެވެ. މިޒިޔާރަތުގައި އެމަނިކުފާނު ވަނީ ކްލާސްތަކަށް ވަޑައިގެން ދަރިވަރުންނާއި ވެސް ބައްދަލުކުރައްވައިފައެވެ.
ދުބާއީގެ ސްކޫލްތަކުގައި 1.1 މިލިއަން ދަރިވަރުން ތައުލީމް ޙާޞިލުކުރެއެވެ.