ޕިކްނިކް ދިޔަ އާއިލާއެއްގެ 12 މެންބަރުން ގެނބިއްޖެ

ކިޔުމަށް ހޭދަވާނީ 45ސ
ޕިކްނިކް ދިޔަ އާއިލާއެއްގެ 12 މެންބަރުން ގެނބިއްޖެ
ކަރާޗީ- މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޕިކްނިކް ދިޔަ ބޮޑު އާއިލާއެއްގެ 12 މެންބަރުން ގެނބިއްޖެއެވެ.

މަޢުލޫމަތު ލިބިފައިވާ ގޮތުގައި، ހޯކްސް ބޭ ގެ އެރެބިއަން ސީ ގައި އެއާއިލާގެ 12 މީހުން ގެނބިފައިވަނީ އެކަކު އަނެކަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ލައިފްގާޑުން ވަނީ އެސަރަޙައްދުން،އުމުރުން 12 އަހަރާއި 50 އަހަރާއި ދެމެދުގެ 12 މީހުން ނަގާފައެވެ. ނަމަވެސް ސަލާމަތް ނުކުރެވި ތިބި ބައެއް މީހުން އަދިވެސް ތިބެދާނެ ކަމަށް އެމީހުން ބުނެފައިވެއެވެ.

"އަހަރުމެންނަށް ކަނޑުގެ ރާލުތަކުން ފެނިގެން ނެގުނީ 12 މީހުން، ނަމަވެސް އަދި އިތުރަށް މީހުން ގެއްލިފައި ތިބެދާނެ ކަމުގެ ބިރުހީވޭ. އެއީ ގެނބުނީ ވަރަށް ވެސް ބޮޑު އާއިލާއަކަށް ވާތީ" ލައިފްގާޑް މުޙައްމަދު އަސަދު ބުނެފައިވެއެވެ.

އަސަދު ބުނި ގޮތުގައި، އެމީހުން ހޯދުމުގެ މަސައްކަތް އެވަގުތަށް ހުއްޓާލީ ރޭގަނޑުވުމުން ކަމަށާއި މިއަދާއި މާދަމާވެސް އެއާއިލާގެ ގެއްލުނު އެހެން މީހުން ހަށިގަނޑު ފެނޭތޯ މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން