ޠޫފާން އިރުމާ 130 މޭލު ބާރުމިނުގަ ގަދަ ވަޔާއެކު ފްލޮރިޑާއަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ޠޫފާން އިރުމާ 130 މޭލު ބާރުމިނުގަ ގަދަ ވަޔާއެކު ފްލޮރިޑާއަށް އަރައިފި
ޠޫފާން އިރުމާ، 130 މޭލު ބާރުމިނުގަ ގަދަވަޔާއެކު ފްލޮރިޑާއަށް އަރައިފިއެވެ. ޠޫފާން އެރުމާއިއެކު ފްލޮރިޑާގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ސަރަހައްދަލުން ވަނީ ވަގުތުން ކަރަންޓް ކެނޑިފައެވެ.

ފޮލޮރިޑާގެ ރައްޔިތުންނަށް ސަރަހައްދު ދޫކޮށްދާން އެންގި ނަމަވެސް އިޖާބަދީފައިވަނީ މަދުމީހެކެވެ. އެންމެ ފަހުވަގުތު ދިން އިންޒާރުތަކަށްވެސް ވަނީ އަމަލުނުކޮށްފައެވެ. މޫސުމީ އިދާރާތަކުން ބުނެފައިވަނީ ސިޓީ ދޫކޮށް ދިއުމުގެ ވަގުތު މިހާރު ފާއިތުވެފައިވާ ކަމަށެވެ.

ފްލޮރިޑާގެ އިތުރުން އެ ސަރަހައްދުގެ ގިނަ ސިޓީތަކަށް ޠޫފާނުގެ އަސަރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެ ސަރަހައްދުތަކުން މީހުން ދިއުމަށްވެސް ވަނީ އަންގައިފައެވެ.
މިއަދު އޮންލައިން