އިޒްރޭލުގެ ހަނގުރާމަމަތީ ޖެޓްތައް ތިރިން ދުއްވައި ދެކުނު ލެބަނަންގެ އިމާރާތްތަކަށް ގެއްލުން ދީފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ދުއްވިލެއް ތިރިކަމުން އަޑުގަދަވެ ގިނަ އިމާރާތްތަކަކަށް ވަނީ އެކިވަރުގެ ލޮޅުންތައް އަރައި ރެނދުލައިފައެވެ. އަދި ބިއްލޫރުިތައްވެސް ތެޅިފައެވެ.
އިޒްރޭލުގެ ޖެޓުތައް އަބަދުވެސް ދެކުނު ލެނަނަން މަތިން އުދުހެއެވެ. ނަމަވެސް މިއިން ޒަމާނަކުވެސް މިހައި ތިރިން އުދުހިފައެއް ނުވެއެވެ.
އުދުހުނުލެއް ތިރިކަމުން އެ ސަރަހައްދުގެ މީހުންނަށް ބޮޑު ބިރުވެރިކަމެއް ލިބުނެވެ.
އިޒްރޭލުން މިފަދަ އަމަލެއް މިހިންގީ ލެބަނަނުގެ ހިޒްބުﷲ އާއި އިޒްރޭލާއި ދެމެދުގައި ދެބަސްވުންތައް އިތުރުވެފައިވާ ވަގުތެއްގައެވެ.