ފްލޮރިޑާއަށް ޠޫފާން އަރައި 1 މިލިއަން ގެއިން ކަރަންޓް ކެނޑި، 4 މީހުން މަރުވެ 2 ފޫޓަށް ފެންބޮޑުވެ ކޯރު ހެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ފްލޮރިޑާއަށް ޠޫފާން އަރައި 1 މިލިއަން ގެއިން ކަރަންޓް ކެނޑި، 4 މީހުން މަރުވެ 2 ފޫޓަށް ފެންބޮޑުވެ ކޯރު ހެދިއްޖެ
ތޫފާނާ ކުރިމަތިލާން ތައްޔާރުވެގެން އެމެރިކާގެ ޓްރަމްޕް ހުއްޓައި ފްލޮރިޑާގެ ސަރަހައްދުތަކަށް ޠޫފާން އެރިތާ ކުޑައިރުކޮޅެއްގެތެރޭގަ 1 މިލިއަން ގެއިން ކަރަންޓް ކެނޑި، 4 މީހުން މަރުވެ 2 ފޫޓަށް ފެންބޮޑުވެ މަގުތަކުގައި ކޯރު ހެދިއްޖެއެވެ.

ވައިގެ ބާރުމިން އަދިވެސް ހުރީ 130 މޭލު ބާރުމިނުގައެވެ. ބައެއްސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ. މިވަގުތާއި ހަމައަށް އެންމެ ފެންގަނޑު ބޮޑުވެފައިވަނީ މާލީ މަރުކަޒުތައް އެންމެ ގިނަ ސަރަހައްދުގައެވެ.

އެމެރިކާއަކީ ކާރިސާތަކާއި ކުރިމަތިލުމަށް އެންމެ ބޮޑަށް ތައްޔާރުވެގެން އޮތް ޤައުމެވެ. އެހެންނަމަވެސް ޠޫފާން އެރުމުގެ ކުރިން އެ ސަހައްދުގައި ތިބި 6.5 މިލިއަން މީހުންނަށް އަންގާފައިވަނީ ސަރަހައްދު ދޫކޮށް ރައްކައުތެރި ސަރަހައްދުތަކަށް ދިއުމަށެވެ.
މިއަދު އޮންލައިން