އެއް ދުވަހަށް ނަމަވެސް ފުލުސް އޮފިސަރަކަށްވާން ބޭނުންވި އުމުރުން 7 އަހަރުގެ ކުއްޖަކަށް ލެފްޓިނެންޓެއްގެ ފެންވަރުގައި އެފުރުޞަތު ދުބާއީގެ ރަސްއަލްޚައިމާގެ ފުލުހުން ދީފިއެވެ.
ފުލުހުން މިއަދު ވަނީ ފުލުހުންގެ ލެފްޓިނެންޓެއްގެ ޔުނިފޯމްގައި 1 ގަޑިއިރުވަންދެން ޓްރެފިކް ބަލަހައްޓަން ހަވާލުކޮށްފައެވެ. ފުލުހުން ބުނީ މި ފުރުޞަތު ދިނީ ކުޑަކުދިންގެ ހިތްތަކުގައި ފުލުހުންނަށް އޮންނަ ބިރު ނައްތާލައި ގުޅުން ބަދަހިކުރުމަށް ކަމަށެވެ.
ކުއްޖާ ބުނީ އޭނާ ބޭނުންވަނީ ފުލުސް އޮފިސަރަކަށްވެގެން މަގުމަތި ކޮންޓްރޯލްކޮށް ބަލަހައްޓަން ކަމަށެވެ. ފަސޭހައިން ވެހިކަލް ދުއްވައި މަގު ހިނގޭނެގޮތް ހަދަން ކަމަށެވެ. ފުލުހުން ބުނީ ސްކޫލް ނިންމުމުން މަތީ ތައުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ޕޮލިސް އެކަޑަމީން އެ ކުއްޖާއަށް ދޭނެ ކަމަށެވެ.