ސައިިންސާ ޓެކްނޮލޮޖީގެ ފަހަތުން ދުވަން މުސްލިމުންނަށް ޖެހުނީ ކީއްވެ؟ ބޮޑާކަމާ ކަންނެތްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ސައިިންސާ ޓެކްނޮލޮޖީގެ ފަހަތުން ދުވަން މުސްލިމުންނަށް ޖެހުނީ ކީއްވެ؟ ބޮޑާކަމާ ކަންނެތްކަން!
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ކުރިއަށް ނުގޮސް ވާން ނެތްކަމަށް އޯއައިސީ އިން ޤަބޫލުކޮށް އެކަންކަމަށް ޚާއްޞަ ބަދަލުވުމެއް ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށް އެބަ ގެންދެއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރަނީ ސައިންސާއި ޓެކްނޮލިޖީގެ ގޮތުން އަދި އައު ޒަމާނީ ިއިނޮވޭޝަންތައް ހޯދުމުގެ މުހިންމު ކަމަށެވެ.

މިބައްދަލުވުމާއިމެދު ތެދުބަހުން ބުނާނަމަ ބުނަންޖެހޭނީ މިއީ ފަހަތުން ދުވުން ކަމަށެވެ. ދުނިޔެ މިދާއިރާތަކުން ކުރިއަރައި ދިއައިރު އިސްލާމީ ޤައުމުތައް އޮތީ ޣާފިލުކަމުގެ ނިދިން ނިދާފައެވެ. ނިދިން ހޭލެވިގެން ބަލައިލިއިރު ދުނިޔެ ވަނީ ކުރިއަރައިގެން ގޮސްފައެވެ. ދެން އޮތީ ފަހަތުން ދުވުމެވެ.

މިހާލަތު ކުރިމަތިވި ސަބަބަކީ ކީރިތި ޤްރްއާނަށް އަމަލު ނުކުރުމެވެ. އިލްމު ހޯދައި ކުރިއަރަން މަސައްކަތްކުރުމަށް މާތްﷲ ވަޙީ ކުރައްވަވާފައިވާ އާޔަތްތަކާއި ދުރުވުމެވެ. ކަންނެތްވެ ޣާފިލުވުމެވެ. އަތުގައި ފައިސާ ހުރުމުން ޓެކްނޮލޮޖީ ގަނެލައިގެން ބޭނުންކުރުމުގެ ނުބައި އާދަ ދެމެހެއްޓުމެވެ.

މުސްލިމުންނަށް ހޭލުންތެރިކަން މިއައީ ގެދޮރުގައި ހުޅުޖެހެން ފެށުމުންނެވެ. ބޮޑު އަގުގައި މުސްލިމް ޤައުމުތަކަށް ހަތިޔާރުތައް ވިއްކުމަށްފަހު އެއަށްވުރެ މާބާރުގަދަ ހަތިޔާރު ޓެރަރިސްޓުންގެ އަތަށް ދީގެން މުސްލިމް ޤައުމުތަކަށް ހަމަލާތައް ދޭން ފެށުމުންނެވެ. އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށެވެ. ނަތީޖާއަކަށްވަނީ ހަތިޔާރު ގަތުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް އިތުރުވަމުން ދިއުމެވެ. އަބަދުވެސް އައު ހަތިޔާރު ގަންނަން ޖެހިފައި ވުމެވެ. ޤައުމުތަކުން ހަތިޔާރަށް ކުރަންޖެހޭ ހޭދަ އިތުރުކުރަންޖެހި ރައްޔިތުންގެ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާއަށް ދަތިވުމެވެ.

މާލީ ތަނަވަސްކަން އެންމެ ބޮޑަށް ލިބިފައިވަނީ މުސްލިމް ޤައުމުތަކަށެވެ. އެހެންކަމަށްވާއިރު ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަށް އަރަން އެންމެ ފަސޭހަވާނީ މުސްލިމުންނަށެވެ. ދިރާސާތަކަށް ބޭނުންވާ ފައިސާ އަތުގައި ހުރުމުންނެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް މުސްލިމުން މަސައްކަތްކުރި ނަމަ އެކަމުގެ ސަބަބުން މުސްލިމުންނަށް ލިބޭނީ ކުރިއެރުމެވެ. އިސްލާމް ދީނަށް ލިބޭނީ އިތުރު މތިވެރިކަމެވެ. ސަބަބަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މިހައި ތަނަށް ހޯދާފައިވާ އެއްވެސް ހޯދުމަކީ ކީރިތި ޤްރްއާނުން އެކަމުގެ ހަޤީޤަތް ފެންނަން ނެތް ހޯދުމަކަށްނުވާތީއެވެ.

އެހޯދުންތައް މުސްލިމުން ހޯދިނަމަ ކޮންމެ ހޯދުމަކާއި ގުޅިގެންވެސް ޔަޤީންވެގެންދާނީ ކީރިތި ޤްރްއާނުގެ މަތިވެރިކަމެވެ. އިތުރަށް އެނގިގެންދާނީ ކީރިތި ޤްރްއާނުގެ ފުރިހަމަކަމެވެ. ހާމަވަމުންދާނީ ކީރިތި ޤްރްއާނުގެ މުޢުޖިޒާތްތަކެވެ.

ފަހުން ނަމަވެސް މިކަންކަމުގެ ވިސްނުން އައިސް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަން މަސައްކަތް ފެށުމުގެ ރޫޙު މުސްލިމް ޤައުމުތަކުގައި އުފެދުމަކީ ލިބުނު ކުރިއެރުމެކެވެ.

ބައްދަލުވުން މެދުވެރިކުރައްވައި އިސްލާމީ ލީޑަރުން ގެންދަވަނީ ކަމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. ސަލްމާން ރަސްގެފާނު ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ކުރިއަށް ނުގޮސް ތަރައްޤީ ޙާޞިލުނުކުރެވޭނެ ކަމަށެވެ. އަމިއްލަ ޤާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ. ޤައުމުތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ސައިންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

މިއަދު އޮންލައިން