ބުދު ދީން އެމީހަކަށް ނިޞްބަތްވާ ބުއްދާ މިއަދު ދުނިޔޭގައި ހުރިނަމަ މިޔަންމާގައި ތިބި މުސްލިމުންނަށް އެހީތެރިވާނެ ކަމަށް ބުދު ދިނުގެ އެންމެ އިސް މީހާ ދަލައި ލާމާ ބުނެފިއެވެ.
ހޯމަ ދުވަހު އޭއެފްޕީއަށް ފޮނުވި ސިޓީއެއްގައި ދަލައި ލާމާ މިމޭރުމުން ބުނެފައިވަނީ ދީނީ ހައިޞިއްޔަތަށް ބަލައި އަނިޔާކުރުމަކީ އިންސާނިއްޔަތު ޤަބޫލު ނުކުރާނެކަމެއް ނޫންކަން ބަޔާންކުރުމަށެވެ. ދަލާއި ލާމާ ވަނީ ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރުން ހުއްޓައި އެމީހުންނަކީވެސް އިންސާނުން ކަމަށް ބަލައިގަތުމަށް މިޔަންމާ ސަރުކާރަށް ގޮވާލައިފައެވެ. މިޔަންމާއަކީ ބުޑިސްޓުންގެ ޤައުމެއް ކަމަށާއި ބުދިސްޓުންގެ ޤައުމެއްގައި އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ދަލާއި ލާމާ މިމޭރުމުން ބުނީ ސޫކީއަށް ލިބިގެން އުޅޭފަދަ ނޯބަލް ޕްރައިޒެއް އެނާއަށް ވެސް ދާދފަހުން ލިބިފައިވާތީ ކަމަށް ބެލެވެއެވެ. އޭނާ އެމޭރުމުން ބުނި ނަމަވެސް މިޔަންމާގައިވެސް އަދި އަވަށްޓެރި ސްރީލަންކާގައިވެސް މުސްލިމުންނަށް އަނިޔާކުރުމުގައި އެންމެ އިސްކޮށް ތިބެނީ ބުދިސްޓުންގެ ބޮޑުންނެވެ. ހާމުދުރުންނެވެ. މުސްލިމުންނަށް އަނިޔާވެރިވުމަށް ހިތްވަރުދެނީ ހާމުދުރުންނެވެ.