އައިއެސް ހަނގުރާމަވެރިންގެ 1400 ބިދޭސީ އަނބިދަރިން އިރާޤުގެ ކޭމްޕެއްގަ ތާށިވެފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އައިއެސް ހަނގުރާމަވެރިންގެ 1400 ބިދޭސީ އަނބިދަރިން އިރާޤުގެ ކޭމްޕެއްގަ ތާށިވެފަ
އައިއެސްގެ ހަނގުރާމަވެރިންގެ 1400އަށްވުރެ ގިނަ އަނބިދަރިން އިރާޤުގެ މޯސުލްގެ ކޭމްޕެއްގައި ތާށިވެފައި އެބަތިއްބެވެ.

އިރާޤުން ބުނީ މިމީހުން ކޭމްޕަށް އައީ އައިއެސްގެ ބާރުގަދަ ސަރަހައްދުތަކުން ހަނގުރާވެރިން ފައްސައިލުމުން ކަމަށެވެ.

މީގެ ތެރޭގައި އެންމެ ގިނައިން ތިބީ ތުރުކީގެ އަންހެނުންނެވެ. ރަސިއާގެ ބައެއް ސަރަހައްދުތަކުގެ އަންހެނުންނާއި ރަސިއާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކުގެ އަންހެނުންވެސް ހިމނެއެވެ. އޭސިއާގެ ޤައުމުތަކުގެ އަންހެނުން ވަރަށް މަދެވެ.

އިރާޤުން ބުނީ އެމީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތުމުން އެމްބަސީތަކާއި ހަވާލުކުރުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. "މިހާރުވެސް އަންހެނުންނާއި ކުދިން ދަނީ ކޭންޕަށް އަންނަމުން. އަދަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް މިބަލަނީ." އިރާޤުގެ އޮފިޝަލަކު ބުނެފައިވެއެވެ.

އިރާޤުން ބުނީ މިއީ އެޤައުމުގެ ތާރީޚުގައިވެސް މިހައި ގިނަ އަދަދެއްގެ ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީންނާއި ކުރިމަތިލާންޖެހުނު ފަހަރު ކަަމަށެވެ.

މިއަދު އޮންލައިން