ސަލްމާން ރަސްގެފާނުގެ ދައުވަތަށް މިއަަހަރު ހައްޖަށް ދިއަ ޤަތަރުގެ މީހަކަށް ޤަތަރުގެ ފުލުހުން ކަމަށް ބެލެވޭ ބައަކު އަނިޔާކުރާ ވީޑިއޯ އެއް ހާމަވެއްޖެއެވެ.
ވީޑއޯ އާއި ގުޅިގެން ފުރަތަމަ ބެލެވުނީ އަނިޔާކުރީ ސައުދީ މީހަކަށް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަނިޔާކުރީ ޙައްމާދު އަލް މައްރި ނަމަކަށް ކިޔާ ޤަތަރުގެ މީހަކަށެވެ. އޭނާ ވަނީ މައްކާގައި ހުރެ ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ދެމުންގެންދާ ޚިދުމަތްތަކުގެ ފުރިހަމަކަން ހާމަކޮށްފައެވެ. އަދި ސަލްމާން ރަސްގެފާނަށް ޝުކުރު އަދާކޮށް ޓީވީ އިންޓަރވިޔުއެއް ދީފައެވެ.
އިންސާނީ ހައްޤުތައް ހިމާޔަތްކުރަން ގޮވާލާ ޖަމިއްޔާތަކުން ގެންދަނީ އެކަމަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ހައްޖުވުމާއި އެމީހަކު ދާން ބޭނުން ޤައުމަކަށް ދިއުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށް ބުނެއެވެ.