އޮފިސް ލޯބިވެރިޔާއަށް ކުރި މެސެޖަކާ ގުޅިގެން ކުރިސުވާލެއްގެ ޖަވާބު ފޮޓޯއަކުން ދިނުވުމުން "އަލިފާން ރޯވެއްޖެ"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އޮފިސް ލޯބިވެރިޔާއަށް ކުރި މެސެޖަކާ ގުޅިގެން ކުރިސުވާލެއްގެ ޖަވާބު ފޮޓޯއަކުން ދިނުވުމުން "އަލިފާން ރޯވެއްޖެ"
ދެމީހުންނަކީ ވެސް އޮފީސް ލޯބިވެރިންނެވެ. ފިރިހެން މީހާ އޮފީހަށް ނައިސް ސަލާމުގައި ހުރި ދުވަހަކު އަންހެން ކުއްޖާ ލޯބީގެ މެސެޖެއް ކޮށްލިއެވެ. ނުފެނި "މިސްވާތީ" އެވެ.

ޖަވާބުގައި ފިރިހެން މިހާ ފޮނުވި މެސެޖުގައި ކުރީ ސުވާލެކެވެ. ކަލޭތީ ކާކުތޯއެވެ. ފިހެން މީހާ އަކީ އަބަދުވެސް އެބާވަތުގެ ސަމަށާކުރާ މީހަކަށްވާތީ އަންހެން މިހާ ޖަވާބުގައި ފޮނުވީ ފޮޓޯއެކެވެ. ދެމީހުން ވަރަށް ލޯބިން ބައްދާލައި ދޮންދޭ ފޮޓޯއެކެވެ.

ފޮޓޯއާއިއެކު ފިރިހެން މީހާއަށް އައީ ޒަލްޒަލާއެކެވެ. މުޅި ކޮޓަރީގައި ހުޅުހިފައި އަނދަން ފެށިފަދައެވެ. ފޯނުން ލޯބިވެރިޔާ އާއި މުޢާމަލާތުކުރީ އަނބިމިހާ ކަމަށްވުމުންނެވެ.

މިހާރުގެ ކުދިން މިފަދަ ކަންކަމަށް ވަރަށް ހުޝިޔާރުވެސްމެއެވެ. ނަމަވެސް އޮންނަ ޔަޤީންކަމެއްގެ ސަބަބުން ބައެއް ފަހަރު ކުރެވޭ ކަންކަމުން މިފަދަ ހާދިސާތައް ހިނގަނީއެވެ. މިހާދިސާ ހިނގަން މެދުވެރިވީ ލޯބިވެރިޔާގެ އަންބަކު ހުންނަކަން އެނގިފައި ނެތުމުން އެފަދަ ކަމެއް މެދުވެރިވެދާނެކަމަށް ޝައްކުވެސް ނުކުރެވި އޮތުމުންނެވެ.
މިއަދު އޮންލައިން