މިސުރުގެ ސިނާއި ސަރަހައްދުގައި އައިއެސް އިން ހަމަލާދީ 18 ފުލުހުން މަރާލައި 3 ފުލުހުން ޒަޚަމްކޮށްލައިފިއެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ބްރިގޭޑިއަރެއް ހިމެނޭއިރު އޭނާގެ އެއްފައި ވަނީ ވިއްސައިގެން ގޮސްފައެވެ.
ހަމަލާ ދީފައިވަނީ ފުލުހުން އަރާހަމަވުމުން ބާރުގަދަ ބޮމެއް ގޮއްވާލައިގެންނެވެ.
ރައްދުގައި ފުލުހުން ދިން ހަމަލާތަކުގައި އައިއެސްގެ 4 ހަނގުރާމަވެރިނނަށް އަނިޔާވެފައެވެ. އައިއެސް އިން ގެންދަނީ އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކަށް ހަމަލާ ދެމުންނެވެ. އެތައް ސަތޭކަ ބައަކު މިހާރުވެސް ވަނީ މަރައިފައެވެ.