އދ އިން ރޮހިންޔާ މުސްލިމުންގެ ހައްޤުގަ ބަޔާން ދެނީ އެހީގެ ލާރިކޮޅުގެ ބޭނުމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އދ އިން ރޮހިންޔާ މުސްލިމުންގެ ހައްޤުގަ ބަޔާން ދެނީ އެހީގެ ލާރިކޮޅުގެ ބޭނުމުގަ!
ރޮހިންޔާ މުސްލިމުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން ލިބުމުން އދ އިން ރޮހިންޔާ މުސްލިމުންގެ ހައްޤުގަ ބަޔާންތައް ނެރެން ފަށައިފިއެވެ. މިއަދު ބުނެފައިވަނީ މިޔަންމާއިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ނަސްލު ނައްތައިލުމުގެ އަމަލުތަކެއް ކަމަށެވެ.

މިޔަންމާގައި ތިބި މުސްލިމުން ކަތިލައި ދިރިތިއްބާ އަންދަމުން ގެނދާތާ އެތައް އަހަރެއްވީއިރުވެސް އެކަންކަން ހުއްޓުވަން ބާރުގަދަ އދ އަށް ކުރެވުނު ކަމެއް އޮތްކަމަކަށް ނުވެއެވެ. އެހެންކަމަށްވާއިރު ކުއްލިއަކަށް މައްސަލައިގެ ތެރެއަށް "ބޭނިގަންނަން" އދ އިން މިފެށީ ދުނިޔޭގެ ކޮންމެވެސް ބައަކު ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމުން އެފައިސާކޮޅުވެސް އދގެ ބެލުމުގެދަށަށް ގެންދަން ކަމަށް ބެލެވެއެވެ.

އދ އިން ފިޔަވަޅު އަޅަން ބޭނުން ކަންކަމުގައި ފިޔަވަޅު އަޅަން ބޭނުން ޤައުމުތަކާއިމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. މިޔަންމާގައި އަނިޔާ ލިބެމުން އަންނަނީ މުސްލިމުންނަށް ކަމަށްވާތީ އދ ގެ ސަމާލުކަން އެކަމަށް ނެތީ ކަމަށް ބެލެވެއެވެ.

15 ދުވަސްތެރޭގައި 300،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް ބޯޑަރަށް ދާންޖެހުމުން ބައެއް ޤައުމުތަކުން މިހާރު އަންނަނީ އެމީހުންނަށް އެހީތެރިވާން މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން